ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

MMA
TTH_Ads
STO_Ads
Advertisement

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ. މި ފިޔަޅުތައް އަޅަން ނިންމާފައިވަނީ އެމްއެމްއޭގެ ބޯޑުން ފާސްކޮންގެންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި ދިވެހި ރުފިޔާގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިޔަން ރުފިޔާ ނަގާފައިވާކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިޔަން ރުފިޔާއިން 3.7 ބިލިޔަން ރުފިޔާއަށް ކުޑަވެފައެވެ.

މަރުކަޒީ ބޭންކުން މައިގަނޑު 2 ބަދަލެއް ފައިސާގެ ސިޔާސަތަށް ނުވަތަ މަނިޓަރީ ޕޮލިސީއަށް ގެންނަން ވަނީ ނިންމާފައެވެ. އެގޮތުން ގެންނަން ނިންމާފައިވާ އެއް ބަދަލަކީ މިނިމަމް ރިޒާވް ރިކުއަރމެންޓްސް ގޮތުގައި އެމްއެމްއޭގައި ބަހައްޓަން ޖެހޭ އަދަދު މަތި ކުރުމެވެ.
މިނިމަމް ރިޒާވް ރިކުއަރމެންޓަކީ، ރާއްޖޭގައި ބޭންކުތަކުގައި ޖަމާވާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މިގޮތުން މިހާރު ބަހައްޓަން ޖެހޭ މިންވަރު %10.5 އިން %11 އަށް އިތުރުކުރުމަށް، މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ. އަދި މިއަދަދު ކޮންމެ 3 މަހަކުން ރިވިއުކުރުމަށް ނިންމާފައިވެއެވެ. މަރުކަޒީ ބޭންކުން ވިދާޅުވީ ރިވިއުތަކަށް ފަހު މިއަދަދު މިއަންނަ އަހަރުގެ ނިޔަލަށް %13 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ބޭންކުން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން 10 ބޭސިސް ޕޮއިންޓަށް އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރަން ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ.

އިޤްތިޞާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު އިތުރުވީ ނިމިދިޔަ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ސަސްޕެންޑްކޮށް 3 އަހަރު ތެރޭ 8.2 ބިލިޔަން ރުފިޔާ ޗާޕުކުރުމުންނެވެ. ކޯވިޑަށްފަހު އިޤްތިޞާދު ރަނގަޅުވި ނަމަވެސް ފައިސާ ޗާޕުކުރުމުގެ ސަބަބުން މާކެޓުގައި ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެގެންދިޔަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ފަވަރައާއި ޔޫޕީއައި ކިއުއާރު ކޯޑު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ފަށައިފި

MMA

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި. ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ޓްރާންސްފާ ކުރެވޭނެ

MMA

ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ހަރަދު ދެނެގަތުމަށް އެމްއެމްއޭ އިން ހާއްސަ ސާވޭއެއް ފަށައިފި

airport velana

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ދިރާސާއެއް ހަދަނީ