ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި

laamu gamu
STO_Ads
TTH_Ads
Advertisement

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެދަށުން އެކަމުގެ ޤަވާއިދު އެކުލަވާލައި އާއްމުކޮށްފިއެވެ.

މި ޤަވާއިދު ހިންގާ ތަންފީޒުކުރާނީ ބިނާރާ ގެދޮރުވެރިކަމާއި ޢުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މި ގަވާއިދު ހިނގާނީ، ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި ވުޒާރާއިންނާއި ދައުލަތުގެ އެނޫންވެސް އިދާރާއަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.

ޤަވާއިދުގެ މަޤުޞަދުތަކުގެތެރޭގައި މިކަމާއި ގުޅޭ އިޖުރާޢަތްތައް ކަނޑައެޅުމައި ބިން ދޫކުރެވޭނެ އުސޫލާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމާއި ބިމާއި ގުޅޭ ޙައްގުތައް ބަޔާންކޮށްފައިވެއެވެ. އަދި ބިން ނަގާ މީހާގެ މަސްޢޫލިއްޔަތުތަކާއި އެއްބަސްވުން އެކުލަވާލުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

މިފަދަ ބިންތައް ދޫކުރާނީ ނުވަތަ ހަވާލުކުރާނީ، ބިމާބެހޭ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އަދި ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިމެއް ނަމަ، އެ ކައުންސިލަކުންނެވެ. އަދި އެ ނޫން ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ ވުޒާރާއިންނެވެ.

ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި ބިން ވިއްކާ އެންމެ ކުޑަ އަގާއި އާންމު ޚިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންކަން ބަޔާންކޮށްފައިވެއެވެ.

އަގު ކަނޑައެޅުމުގައި އެރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އާއްމު އިޤްތިޞާދީ ފުދުންތެރިކަން ބިމުގެ ޑިމާންޑަށް ބެލޭނެއެވެ. ކަމާ ގުޅޭ އިދާރާތައް ތަމްސީލުކުރާގޮތަށް 9 މެންބަރުގެ ލޭންޑް ވެލުއޭޝަން ކޮމިޓީއެއް މި ޤަވާއިދުގެދަށުން އެކުލަވާލާނެއެވެ.

ކޮމިޓީގައި ހިމެނޭ ސަރުކާރުގެ އިދާރާތަކުގެ މެންބަރުން:
މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ 2 މެންބަރުން
އިޤުތިޞާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
ލޯކަލް ގަވަރމަންޓް އޮތޯރިޓ ގެ މެންބަރެއް
ލޭންޑް ވެލުއޭޝަން ކޮމިޓީ ޗެއަރކުރާނީ ކޮމިޓީގެ 9 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެކެވެ.

މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ނުވަތަ ވިއްކާ ހުރިހާ ބިންތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެ މުޢާމަލާތު ހިންގާ ކައުންސިލް އިދާރާއިން ނުވަތަ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ރަޖިސްޓަރީތައް، މި ގަވާއިދުގެ ދަށުން ބާޠިލެއް ނުވާނެއެވެ. ނަމަވެސް ބިމުގެ ދަފްތަރު އަދާހަމަކުރުން 6 މަސްތެރޭ ކުރިއަށްގެންދިއުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މި ގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒުކުރާނީ އެ ކައުންސިލަކުންނެވެ. ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަކީ 2003ވަނަ އަހަރު އެކުލަވާލި ޤާނުނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

engineers

އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ

Main 20260717

ޚަބަރު ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން