ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުންގެ ދައުރު ފާހަގަކޮށް އެކަމަށް ދޭން ނިންމާފައިވާ “އިންޖިނިއަރިން އެވޯޑް” ދިނުމާ ގުޅޭ އުސޫލު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ. މި އެވޯޑަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިން ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.

މީގެއިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އިޖާދީ އިންޖިނިއަރިންގގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުންވެސް ހިމެނެއެވެ.

HajjCop_ads
Advertisement

މި އެވޯޑު ދިނުމަށް 10 ގިންތިއެއް ވަނީ ކަނޑައަޅާފައެވެ.

އެވޯޑު ދޭ ގިންތިތައް:

* އިންޖިނިއަރ އޮފް ދަ އިޔަރ
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
* ޔަންގް އިންޖިނިއަރ އެވޯޑު
* ވިމެން އިން އިންޖިނިއަރިންގ އެވޯޑު
* އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
* ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
* އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
* ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
* ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު

ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.

ޓީމުތަކާއި މަޝްރޫޢުތަކަށް ދޭ އެވޯޑުތަކަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް:

* ސަރުކާރު އިދާރާތައް / މުއައްސަސާތައް
* ސަރުކާރު ހިއްސާވާ ކުންފުނިތައް
* އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް
* ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން
* މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް
* ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް

މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކަށްވެސް ހުށައެޅޭނެއެވެ.

މި އުސޫލުގެ ދަށުން އެވޯޑަށް އެދި ނަން ހުށަހަޅާ ކޮންމެ ނޮމިނޭޝަނަކަށް ކަނޑައެޅިފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުށަހަޅަންވާނެއެވެ.

މި އެވޯޑަށް ކުރިމަތިލާ އިންޖިނިއަރުންގެ ހުށައެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20260717

ޚަބަރު ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

HGu5OhLbUAArpi9

މާލޭގައި 500 ހައުސިންގ އަޅަން ޗައިނާއާއެކު އެއްބަސްވުމެއް

988

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި