ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

MDP
TTH_Ads
STO_Ads
Advertisement

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މިރޭ ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ސެޕްޓެމްބަރު 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ހުށަހެޅުއްވުން ފާސްވީ ބައްދަލުވުމަށް ހާޒިރުވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.

ކޮންގްރެސްގެ ތާރީހާ މެދު ބަހުސްކުރި އިރު، ބައެއް މެންބަރުންގެ ހިޔާލު ތަފާތުވި އެވެ. އެ މެންބަރުން ބޭނުންވީ މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 ގައި ހަމަވާތީ، އެ އިންތިހާބަށް ފަހު ކޮންގްރެސް ބާއްވާށެވެ. ނަމަވެސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސްގައި ފާސްކުރަން ހުށަހަޅާ އަސާސީ ގަވާއިދުގެ އިސްލާހުތަކުގެ ތެރޭގައި ގައުމީ މަޖިލީހުގެ އެކުލެވުމަށް ބަދަލުތަކެއް ގެންނަން ހިމެނޭތީ، ކޮންގްރެސް ކުރިން ބޭއްވުން މުހިންމު ކަމަށެވެ.

HajjCop_ads
Advertisement

ގާތްގަނޑަކަށް 20 މިނެޓު ވަންދެން ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ނަޝީދު ވަނީ ވޯޓަށް އައްސަވައި، ހުށަހެޅުއްވި ތާރީހު ފާސްކޮށްފަ އެވެ.

“19 ސެޕްޓެމްބަރުގައި ކޮންގްރެސް ބާއްވާފައި ވެސް ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާކަށް ލަހެއް ނުވާނެ. ގައުމީ މަޖިލީސް ދަންމާލަކަށް ވެސް ނޫޅެން. ގައުމީ މަޖިލީހުގެ ދައުރު ހަމަވާ އިރަށް އިންތިހާބު ބޭއްވޭނެ،” ނަޝީދު ވިދާޅުވި އެވެ.

ކޮންގްރެސްގައި ފާސްކުރުމަށް މަސައްކަތްކުރާ އިސްލާހުތަކުގެ ތެރޭގައި، ޗެއާޕާސަންގެ ދައުރުގެ ތެރެއިން މަގާމުން ދޫކޮށްލެއްވި ނަމަވެސް ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ހެދުމުގެ އިސްލާހެއް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަންނަ އަހަރަށް ރިޔާސީ ޕްރައިމަރީ އަވަސްކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ނިންމިއިރު، ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ވެސް ބޭއްވުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 15 އިން 18 އަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި