ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަވަރައާއި ޔޫޕީއައި ކިއުއާރު ކޯޑު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ފަށައިފި

MMA
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ ‘ފަވަރަ’ އާއި އިންޑިއާގެ ‘ޔޫޕީއައި’ ގުޅާލައި، ކިއުއާރު ކޯޑު މެދުވެރިކޮށް ވިޔަފާރިތަކަށް ސީދާ ފައިސާ ދެއްކޭނެ ނިޒާމެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް އިފްތިތާޙުކުރެވުނު މި ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާރު ވަނީ ރާއްޖެއިން އިންޑިއާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަމިއްލަ ފަރުދުންގެ މެދުގައި ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައެވެ. އެގޮތުން ތަޢުލީމީ، ބޭސްފަރުވާ އަދި އާއިލީ ޚަރަދުތަކަށް މަހަކު ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) ފޮނުވޭނެއެވެ.

 

HajjCop_ads
Advertisement

އަސްނާ ފާހަގަކުރެއްވި ގޮތުގައި ކުރިއަށްއޮތްތަނުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް އެ ގައުމެއްގެ އަމިއްލަ އެޕްތައް މެދުވެރިކޮށް ސީދާ ފައިސާ ދެއްކޭނެ ގޮތަށް ކިއު.އާރް ބޭސްޑް މާރޗަންޓް ޕޭމަންޓްސްއަށް މި ނިޒާމު ފުޅާކުރެވޭނެއެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ދެވަނަ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ނިޒާމު ފުރިހަމަވުމުން ދިވެހި ރުފިޔާ، ޑޮލަރު އަދި އިންޑިއަން ރޫޕީ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެއެވެ. މިއީ ބޭސްފަރުވާއަށާއި ތައުލީމަށް އިންޑިއާއަށް ފައިސާ ފޮނުވާ ދިވެހިންނަށާއި، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 16 at 16.48.50 (1)

ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

472701 6c241f63 4

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

އެމްއެމްއޭ

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ