ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް

1 Suspect 3e8c6b718a
TTH_Ads
STO_Ads
Advertisement

ހުޅުމާލޭގައި ދިޔަ ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނުކަމުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުޅުމާލެ ފޭސް 1 ގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން ވޮލެޓް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.  މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ 11:25 އެހައިކަންހާއިރުއެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު، ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ގުޅިގެން ވަނީ ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން ކުރި މަސައްކަތުން، އެ މީހުން ދުއްވި ސައިކަލު އެ ރޭ 12:30 އެހައިކަންހާއިރު ވަނީ ހޯދާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި ހާދިސާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެވަނަ މީހާ، ތަހުގީގުގެ ތެރެއިން ހޯދައި ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

HajjCop_ads
Advertisement

ފުލުހުން ބުނީ  ބިދޭސީ މީހާގެ އަތުން ފޭރުނު 10,000 ރުފިޔާއާއި ވޮލެޓް މިހާރު ވަނީ ހޯދާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

laamu gamu

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި