ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ބައި މާދަމާ އާންމުކޮށް ހުޅުވާލަނީ

HN7NWOiaEAA9A o
TTH_Ads
STO_Ads
Advertisement

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ އާންމުކޮށް ހުޅުވާލަން ނިންމައިފިއެވެ. އަދި އެސަރަހައްދުގައި އަންނަނީ ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އެ މަގުގައި ގަސް އިންދުމަށްބޭއްވި ހަރަކާތަށްފަހު އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ގަސް އިންދުމުގެ ހަރަކާތަކީ މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ވީހާވެސް ހިތްފަސޭހަ، މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނޭވޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހިންގި ހަރަކާތެއް ކަމަށާއި، ރުއް އިންދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ގަސް އިންދާފައި ހުރި ސަރަހައްދުތަކުގައިވެސް ރުއް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ކަމަށާއި، ތަފާތު މާމެލާމެލީގެ ގަސްތައް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަގުގެ މަސައްކަތް އެއްކޮށް ނިމި މާދަމާ ހަވީރު 4 ޖަހާއިރު އާންމުންނަށް މަގު ހުޅުވާލާނެ ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ހުޅުވާލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ. އަޅުގަނޑުމެން މަގުގެ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ބޭނުން ކުރެވޭވަރަށް ހުޅުވާލާނަން.

މުއްޠަލިބު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން މިހާރު ވަނީ ތާރު އަޅައި ނިންމާލައި، 500 ސައިކަލް ޕާކުކުރެވޭ ޖާގައެއްވެސް ފަޅު ހިއްކައިގެން ތަރައްގީ ކޮށްފައެވެ. އަދި މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި މާޗު 23 އިން ފެށިގެން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މަގު އާންމުކޮށް ހުޅުވާލުމުގެ ފަހު ތައްޔާރީތައް ދަނީ ވަމުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު މި މަގު ހުޅުވުމަށެވެ. ބޭނުމަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވޭ، ޖާގަ ތަނަވަސް، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

scout

ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ބޭއްވި ޔޫތް ލިޑަރޝިޕް ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

16624ec7 b786 44b7 9ff1 50619e18cfa0 876x584

ދަނޑުވެރިންނަށް ދޫކުރާ ލޯނަށް ހުޅުވާލައިފި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން