ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

445gf
STO_Ads
TTH_Ads
Advertisement

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބައްދަލުވުންތައް އާންމުކޮށް ފެންނާނެހެން ލައިވްކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު އެދިއްޖެއެވެ.

އިދިކޮޅު މައި ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ ފަރާތުން މިއަދު އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ މައްސަލައަކާ ގުޅޭގޮތުންނެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމުގެ މައްސަލައާއި، ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށުގެ ކައުންސިލް އުވާލުމަށް ނިންމާފައިވާ ނިންމުމާމެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެލްޖީއޭގެ އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ނިޔާޒު ވިދާޅުވީ އެ އޮތޯރިޓީއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް، އެލްޖީއޭއިން އެ ތުހުމަތުތައް ދޮގުކުރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ވަރަށް އަވަހަށް އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރެވިގެންދާނެކަން ފާހަގަކުރައްވައި، ނިޔާޒު ވިދާޅުވީ އެ އޮތޯރިޓީގެ ބައްދަލުވުންތައް ރައްޔިތުންނަށް ފެންނާނެހެން ލައިވްކުރުމަށް އެދުނީ ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށެވެ. މި ހުށަހެޅުމަކީ ރަނގަޅު ހިޔާލެއް ކަމަށް އެލްޖީއޭއިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި ނިޔާޒު ވިދާޅުވި ނަމަވެސް، މިކަމާމެދު އެ އޮތޯރިޓީން އަދި ރަސްމީކޮށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން ހޮވުމުގެ އިންތިޚާބު ފަސްކޮށްފި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި