ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ ޕޯޓަލް ތަޢާރަފުކޮށްފި

445gf
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން، ރާއްޖޭގެ އިޤުތިޞާދާއި އާބާދީގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭނެ އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ ޕޯޓަލްއެއް މިއަދު ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލް ތަޢާރަފުކޮށްފައިވަނީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަށް ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

އަލަށް ތަޢާރަފުކުރެވުނު ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ގެ އިތުރުން އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އާންމުންނަށް ރަސްމީ ތަފާސްހިސާބުތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މި ޕްލެޓްފޯމްގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އިޤުތިޞާދަށާއި އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން ކަމަށް އެމްބީއެސްއިން ބަޔާންކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ 20 ޖުލައި 2021 ގައި ތަސްދީޤުކުރެއްވި ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، އެމްބީއެސްއަކީ ފަންނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުމުގެ އިތުރުން އާންމުންނަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

HajjCop_ads
Advertisement

ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، އެމްބީއެސް ހިންގުމާ ހަވާލުވެހުންނަވާ ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯގެ ކަންކަމުގައި ޖަވާބުދާރީވާ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް ކަމަށްވާއިރު، އެ އިދާރާ ހިންގަމުންދަނީ ފިނޭންސް މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު