ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރ އަދި ބ އަތޮޅުގައި ޤާއިމްކުރި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި

445630 3 fcb2f6914aefaff4481efa7410cc0b1708c87bb3
STO_Ads
TTH_Ads
Advertisement

ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީ އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީ ގުޅިގެން ހިންގި މަޝްރޫޢެކެވެ. އަދި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިއީ، “ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް” (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.

ރ.އަތޮޅު ކިނޮޅަހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސެއިންއާއި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، ސޯލަރ ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ވިދާޅުވީ، މިކަމުން ރާއްޖޭގެ އިޤްތިސާދަށް ލުއިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީއިން އަހަރުން އަހަރަށް ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިޒާމް އިފްތިތާޙުކުރި ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށް ނިމި ބޭނުން ކުރަމުންދާނެއެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގެ 160 ރަށެއްގައި ޤާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލު ކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި، 10.6 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ޤާއިމުކުރާނެއެވެ. އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން 27 މެގަވޮޓުގެ ޑީސަލް ޖަނަރޭޓަރުވެސް ވަނީ ފޯރުކޮށްދީފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2026 07 20T135933Z 1458138166 RC2PHMA5BIO6 RTRMADP 3 SOCCER WORLDCUP ESP MADRID ARRIVAL

ސްޕެއިން ތަށްޓާއެކު އެނބުރި ޤައުމަށް، މިހާރު ކުރިއަށްދަނީ އުފާފާޅުކުރުން

465820 8160566c f

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

448a96d355f0 gettyimages

ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!