ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ދިރާސާއެއް ހަދަނީ

airport velana
TTH_Ads
STO_Ads
Advertisement

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ދިރާސާއެއް ހަދަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ މި ދިރާސާ ކުރުމަށް ނިންމީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ސަރވޭއެއް ހިންގާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައިކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

މި ދިރާސާއަށް މައިގަނޑުގޮތެއްގައި ނަގާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤުސަދުތަކާއި ދަތުރުކުރި ޤައުމާއި، ޓިކެޓުގެ ޚަރަދާއި ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރި ޚަރަދުގެ މައުލޫމާތު ހިމެނެއެވެ. މި މައުލޫމާތު ނެގި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ދިރާސާގައި އެއް ނުކުރާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

HajjCop_ads
Advertisement

މި ދިރާސާގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ. އަދި ހުރިހަ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަންވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފި ކިޔާދީފި

MMA

މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 221.8 މިލިޔަން ޑޮލަރު

MMA

ޖުލައި މަހު ވިއްކި ޑޮލަރު %172 މައްޗަށް

mma

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް އެމްއެމްއޭއިން ހުޅުވާލައިފި