ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސަރވޭ މި މަހު 25 ގައި 16 ޖުލައި 2026

mma
TTH_Ads
MPL_Ads
STO_Ads
Advertisement

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މި ސަރވޭ އަކީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސަރވޭއެކެވެ.

“ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭ” ގެ ނަމުގައި މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.

MPL_Ads
HajjCop_ads
Advertisement

އެމްއެމްއޭ އިން ބުނީ، މި ސަރވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤުޞަދު، ދަތުރުކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ.

ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސަރވޭގައި ބޭނުންނުކުރާނެ ކަމަށާއި، އަދި، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން އެމްއެމްއޭ އިން ވަނީ ދީފައެވެ.

ސަރވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ހުރިހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން މި ސަރވޭއަށް ދިނުމަށް އެމްއެމްއޭ އިން އެދިފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport velana

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ދިރާސާއެއް ހަދަނީ

MMA

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށް

mma

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

MMA

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ 15 އަށް އިތުރުކޮށްފި