ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

ބަންދަރު އައްބާސްގެ މުހިމްމު ރޭލު މަގަކަށް އެމެރިކާ ސިފައިން ރޭގައި ހަމަލާދީ ހަލާކުކޮށްލާފައި:
TTH_Ads
MPL_Ads
STO_Ads
Advertisement

އީރާނުގެ އެތައް ބްރިޖަކަށް އެމެރިކާ ސިފައިން ބޮންއަޅައި ބްރިޖްތައް ހަލާކުކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެގޮތުން އީރާނުގެ ލަޝްކަރުތަކުން ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

އެމެރިކާ ސިފައިން ރޭގައި ބޮންއަޅައި، އީރާނުގެ 6 ބްރިޖެއް ހަލާކުކޮށްލާފައި ވެއެވެ. މުޅިންވެސް ހަމަލާތައް ދީފައިވަނީ ބަންދަރު އައްބާސްއާއި އެހެން ސިޓީތަކާއި، އަވަށްތައް ގުޅުވައިދޭ ބްރިޖްތަކަށާއި، ފާލަން ތަކަށެވެ.

އެމެރިކާ ސިފައިން ހަމަލާދިން ބްރިޖްތަކުގެ ތެރޭގައި ބަންދަރު ޚަމީރް ބްރިޖާއި، ބަންދަރު އައްބާސްއާއި ލާރް ގުޅުވައިދޭ ގަރީވާ ބްރިޖާއި، ކަހޫރިސްތާން-ލާރް ގުޅުވައިދޭ އިތުރު ދެ ބްރިޖަކާއި، ބަންދަރު އައްބާސް ރޭލުވޭ މަގުވެސް ހިމެނެއެވެ.

HajjCop_ads
MPL_Ads
Advertisement

މިއީ މުޅީންވެސް އާންމު ދަތުރުފަތުރަށް ބޭނުންކުރާ ބްރިޖްތައް ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ.

ބަންދަރު ޚަމީރް ބްރިޖަށް މިސައިލް ހަމަލާދިން ވަގުތަކީ އާންމު އެތައް ކާރެއް ބްރިޖްމަތިން ދަތުރުކުރި ވަގުތު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ މީޑިއާއިން ބުނެފައިވަނީ، ބްރިޖްތަކަށް އެމެރިކާ ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށާއި، އިތުރު 9 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މީގެއިތުރުން، އީރާނުގެ ޓެލެކޮމިއުނިކޭޝަން ޓަވަރަކަށްވެސް އެމެރިކާ ސިފައިން ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.

އާންމު އިންފްރާސްޓްރަކްޗަރއަށް ދިން މި ހަމަލާތަކުގެ ރައްދުގައި އީރާނުން ފަތިހުން ފެށިގެން ގެންދަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން ޑްރޯންއާއި، ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަތަރު، ކުވައިތު، އުރުދުން، ބަހްރެއިން އަދި އިރާގުގައި އެމެރިކާ ސިފައިން ތިބޭ ތަންތަނަށް އީރާނުން ގެންދަނީ ހަމަލާ ދެމުންނެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން ބައެއް ބޭސްތަކުގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން ކުވައިތުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. ބަހްރެއިންގެ ބަޕްކޯ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީ މުޅި ކާރުޚާނާ ރޯކޮށްލާފައި ވާއިރު، ބަހްރެއިންގައި އެމެރިކާ ސިފައިން ތިބޭ ހަމަލާ ކޭމްޕަށާއި އަދި އެހެން ސަރަހައްދަކަށްވެސް އީރާނުން ހަމަލާދީފައި ވެއެވެ.

މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެންމެބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދާއި، އެމެރިކާ ސިފައިން ތިބޭ އެހެން ތަންތަނަށްވެސް އީރާނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ. ދޯހާގެ ރަށްބޭރުގައި އެމެރިކާ ސިފައިން ތިބޭ އަލް ދުލައިލް ކޭމްޕަށްވެސް އީރާނުން ހަމަލާދިނުމުގެ ސަބަބުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، ބަހްރެއިނާއި ސައުދީ އަރަބިއްޔާ ގުޅުވައިދޭ ކިންގް ފަހްދް ކޯޒްވޭއަށްވެސް އީރާނުންވަނީ ހަމަލާ ދީފައެވެ.

އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ދިން ހަމަލާތަކުގެ ރައްދުގައި ސަރަހައްދުގެ ގައުމުތަކުގެ ހަމަ އެފަދަ ތަންތަނަށް ހަމަލާދީ ސުންނާފަތި ކޮށްލާނޭ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުންވަނީ ވައުދުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

އެމެރިކާއިން ރޭގައި ދިން ހަމަލާތަކުގައި ދެމީހުން މަރުވެ، 260 މީހުން ޒަޚަމްވި: އީރާން

އީރާނުގެ އާންމު ތަންތަނަށް އެމެރިކާ ސިފައިން ބޮންއަޅާފައި:

އެމެރިކާއާއި އީރާނުން މިރޭވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަނީ

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން، ފީވެސް ނަގާނަން: ޓްރަމްޕް