ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުޅިފަޅުން މިހާތަނަށް ހަވާލު ނުކުރެވިއޮތީ 1755 ގޯތީގެ ލިޔުން

G00UJRvaEAAAo 9 rbr92k2bx995qfycy62wmd32ft8pjvpwia4s8013dk
TTH_Ads
STO_Ads
Advertisement

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެކި ސަބަބުތަކާހެދި މިހާތަނަށް ލިޔުން ހާވާލު ނުކުރެވި ވަނީ 1755 ފަރާތަކަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރައިން ބުނެފިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް 3548 ގޯތީގެ ތެރެއިން 3043 ގޯޗަށް ރަޖިސްޓްރީ އަދި އެއްބަސްވުން ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް 1793 ގޯތީގެ ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް 1755 މީހަކަށް ލިޔުން ހަވާލުނުކޮށް އެބައޮތްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ އެ މީހުންނަށް ލިޔުން ހަވާލުނުކުރެވި ވަނީ އެމީހުންނަށް ލިބިފައިވާ ބިންތައް ހިމެނޭ ސަރަހައްދަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ނުވަތަ ލޭންޑް ލޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އައު ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ދީފައިވެއެވެ. އޭރު އެފުރުޞަތު ދިނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެން ޖެހޭ ގޮތަށެވެ. އަދި ބިމާއި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ވެރިފަރާތަށް ދެއްކުމަށް ފަހު ބިން އޮތް ސަރަހައްދުގަ ތިބެގެންނެވެ. ނަމަވެސް މިހާރު ވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށާފައެވެ.

HajjCop_ads
Advertisement

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ އެމަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް އެވުޒާރާއިން ބުންޏެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިންވަނީ ބަދަލުގެނެސްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

scout

ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ބޭއްވި ޔޫތް ލިޑަރޝިޕް ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

16624ec7 b786 44b7 9ff1 50619e18cfa0 876x584

ދަނޑުވެރިންނަށް ދޫކުރާ ލޯނަށް ހުޅުވާލައިފި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން