ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ރޭގައި ދިން ހަމަލާތަކުގައި ދެމީހުން މަރުވެ، 260 މީހުން ޒަޚަމްވި: އީރާން

އެމެރިކާ ސިފައިން އީރާނަށް ބޮންއަޅަނީ:
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެމެރިކާ ސިފައިން އީރާނަށް ރޭގައި ދިން ހަމަލާތަކުގައި ދެމީހުން މަރުވެ، 260 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނު ސަރުކާރުން ބުނެފިއެވެ.

އީރާނު ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުގެ ތަރުޖަމާނު ވިދާޅުވީ، ޒަޚަމްވި މީހުންގެ ތެރެއިން 222 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ތިންކުދިންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އީރާނުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކުރުމަށްފަހު އެމެރިކާ ސިފައިން ގެންދަނީ އީރާނުގެ އައްސޭރިފަށުގެ އެތައް ސިޓީއަކަށާއި، އައްސޭރިފަށުގެ އެތައް ރަށަކަށްވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

HajjCop_ads
Advertisement

ރެއިން ފެށިގެން އެމެރިކާ ސިފައިންވަނީ މެދުނުކެނޑި ހަތްގަޑިއިރު ވަންދެން އީރާނުގެ އެކި ތަންތަނަށް ބޮންއަޅާފައެވެ.

އެމެރިކާއަށް ދިން ހަމަލާތަކަށްފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އެމީހުން ހަމަލާތައް ދިނީ އީރާނުގެ މިސައިލާއި ޑްރޯން ސައިޓްތަކަށާއި، އީރާނު ކަނޑުގެ ސިފައިންގެ ތަންތަނަށާއި، އައްސޭރިފަށުގެ ތަންތަނުގައި ގާއިމްކޮށްފައިވާ ދިފާއީ ނިޒާމުތަކަށް ކަމަށެވެ.

އެކަމަކު، އީރާނުން ބުނަނީ، އެމެރިކާއިން އީރާނުގެ އާންމު ތަންތަނަށްވެސް ހަމަލާތައް ދެމުންގެންދާ ކަމަށެވެ.

އެމެރިކާ ސިފައިން އީރާނާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފެށިފަހުން އީރާނު ސިފައިންގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެސް ވެއެވެ. އަދި އާންމުންވެސް މަރުވެފައިވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުމާއި، އަދި ޕާކިސްތާނު މެދުވެރިވެގެން ހެދި އެމްއޯޔޫއާވެސް ޚިލާފްވެ އެމެރިކާއިން މިހާރު ގެންދަނީ ކަނޑުމަގުން ދަތުރުކުރާ އީރާނުގެ އުޅަނދުފަހަރު ބްލޮކް ކުރަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ

އީރާނު “ނައްތާލަން” ޓްރަމްޕް އިންޒާރުކުރުމަކީ ނާއުންމީދުވެފައިވާކަމުގެ ނިޝާނެއް: އީރާނު އަސްކަރިއްޔާ