ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް

Election commission
STO_Ads
TTH_Ads
Advertisement

ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން މިހާތަނަށް ސިޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހަޅާފަައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު، އިލެކްޝަންސް ކޮމިޝަނާ އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ ހުސްވި މޭ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކުރިންނެވެ.

HajjCop_ads
Advertisement

އިލެކްޝަން ކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައި ވަނީ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އިންނެވެ.

އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީން މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވީ ފަހުން ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އޮޑިޓް ރިޕޯޓު ޕާޓީގެ ފަރާތުން ހުށަހެޅުމުން، އެ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ރިޕޯޓާ މެދު ދެކޭގޮތް ރިކޮމެންޑޭޝަންތަކާއެކު ރިޕޯޓު ހުށަހަޅާތާ އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ކޮމިޝަނަށް އޮޑިޓާ ޖެނެރަލް ހުށަހަޅަންޖެހެއެވެ. އަދި އޮޑިޓް ރިޕޯޓު 90 ދުވަހުގެތެރޭގައި ކޮމިޝަނަށް ހުށަނާޅާ ޕާޓީތައް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީއެއް ޖޫރިމަނާކުރަން ނިންމައިފިނަމަ، އެކަން އެ ޕާޓީއަކަށް 15 ދުވަހުގެ ތެރޭގައި އަންގަން ޖެހެއެވެ. އަދި އެކަން އަންގާ ދުވަހުން ފެށިގެން މަސްދުވަހުގެ ތެރޭގައި، އެ ޕާޓީގެ ޖޫރިމަނާ ފައިސާ ކޮމިޝަނަށް ދައްކަންޖެހެއެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީއަށްދޭ ފައިސާގެ އެހީގެ ތެރެއިން، ނުދައްކައިހުރި ޖޫރިމަނާގެ ފައިސާގެ އަދަދު އުނިކުރުމަށް ވެސް ގަވައިދުން ލާޒިމުކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި