ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

Io
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލޭގެ ގ. ފުންފަޅު ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 58 މީހަކަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރޭ 10:49 ހާއިރު އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރުމާއެކު، ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރުގެ މަސައްކަތުން، ރޭ 11:48 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައެވެ. އަލިފާނުގެ ސަބަބުން އެ ފަންގިފިލާގައި ހުރި ހިފާގެންގުޅޭ ހުރިހާ ސާމާނެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގަލޮޅު މަދަރުސާގައި ވަނީ ވަގުތީ އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. އެންޑީއެމްއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިން 58 މީހުންގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި 30 އަންހެނުންގެ އިތުރުން 4 ކުޑަކުދިންނެވެ. އަދި އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓުމަންޓަކަށާއި، ފެންވައިރުގެ މައްސަލަ ދިމާވެގެން ފެން ނުލިބޭ އެޕާޓުމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

HajjCop_ads
Advertisement

އިމާރާތުގައި ބޯކޮށް ދުން އުފެދުމުގެ ސަބަބުން ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާއިރު، އިތުރު 3 މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބިފައިނުވި ނަމަވެސް، މުދަލަށާއި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ކަށަވަރުކުރެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހެންވޭރުގައި ރޯވި އެޕާޓްމަންޓުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

Photo 6053157024305976197 y

އަލިފާނުގެ ހާދިސާއާ ގުޅިގެން ފަހިވައި ގޭގައި އުޅުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

Photo 6053157024305976197 y

ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާން ރޯވެ އެޕާޓްމަންޓް ބޭނުންނުކުރެވޭ ވަރަށް އަަންދައިފި

ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި