ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަވަރައާއި ޔޫޕީއައި ގުޅާލުން މި މަހު ޓެސްޓުކުރަނީ

mma
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުން ޓެސްޓުކުރަން މިމަހު ފަށާނެކަމަށް މަރުކަޒީ ބޭންކް — އެމްއެމްއޭއިން ބުނެފިއެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމެވެ.

އެމްއެމްއޭއިން ބުނީ ފަވަރައާއި ޔޫޕީއައި ގުޅުވާލުމަށްޓަކައި ޓެސްޓިން މަރުހަލާ ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

HajjCop_ads
Advertisement

ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެން ދާނެއެވެ.
ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެއެވެ.
އެމްއެމްއޭއިން ދަނީ ނޭޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފައިނޭންޝަލް އެކްސްޕޯއަށް 16،000 މީހުން ޒިޔާރަތްކުރި

hawaa

މިރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވާނެ

MMA

ޕޭމަންޓް ސިސްޓަމް ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި

hawaa

މިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީ