ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަން ފުރިހަމަކުރުމަށް 14 ދުވަހުގެ މުއްދަތެއް

STO_Ads
TTH_Ads
Advertisement

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަ ކޮށްފައިނުވާ އެޕްލިކޭޝަންގެ އަދަދު 12000 އަށްވުރެ ގިނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއި މިހާރު ވަނީ މިފަދަ އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް 14 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށައެޅުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓްރެޓެޖީ އެންޑް ރަޖިސްޓްރީ ސަރވިސް ކޮންސަލްޓަންޓް ބިޒްނަސް ރަޖިސްޓްރޭޝަން ޔޫސުފް ނައީމް ވިދާޅުވީ، މިގޮތަށް އެޕްލިކޭޝަން ފުރިހަމަނުކުރާ 12،500 އެޕްލިކޭޝަން މިވަގުތުވެސް އެބަހުރިކަމަށެވެ. އެ އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް މިހާރު 14 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

“މިވަގުތު ސިސްޓަމްގައި މިހުރި ރިކޯޑްތަކުން ދައްކާކަމަށްވަންޏާ ގާތްގަނޑަކަށް 12،500 އެޕްލިކޭޝަން އިނގޭތޯ. މި އެޕްލިކޭޝަންތަކަށް 14 ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން ދޭނީ. ބުރާސްފަތި ދުވަހު ވާނީ ގެޒެޓްގައި އިއުލާންކުރެވިފައި. 14 ދުވަހުގެ މުއްދަތައް މި މުއްދަތު ހަމަވާނީ 16 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށް. އެ މުއްދަތާއި ހަމައަށް ހުރިހައި އެޕްލިކެންޓުންނަށް ބާކީހުރި މަރުހަލާތައް ފުރިހަމަކުރުމަށް އަޅުގަނޑުމެން މި ފުރުސަތު ދެނީ. ދިނުމަށްފަހުގައި ފުރިހަމަ ކުރެވޭ އެޕްލިކޭޝަންތައް ފުރިހަމަކޮށް ނިންމާލެވޭނެ އަދި ފުރިހަމަ ނުކުރެވޭ އެޕްލިކޭޝަންތައް ޕޯޓަލްއިން ކެންސަލް ކުރެވިގެންދާނެ.” ޔޫސުފް ނައީމް

HajjCop_ads
Advertisement

ޔޫސުފް ނައީމް ވިދާޅުވީ، ނަން ކެންސަލް ކުރެވިގެން ދިއުމުން ދެން 2 ވަނަ ފަހަރަށް އެ ނަން ބޭނުންވެގެން އަލުން އެޕްލައިކުރާއިރު އެ ނަން ނުލިބުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން ނަން ރިޒާވްކުރަން ލާފައި ހުރި ފަރާތްތަކުން ކެންސަލްވިޔަ ނުދީ މިލިބޭ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިންމާލުމަކީ މުހިންމު ކަމެއްކަމަށް ނައީމް ވިދާޅުވިއެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސިސްޓަމްތަކަށް ގެނެވުނު ކުރިއެރުންތަކަށް ބަލާލާއިރު ކުރިއަށްއޮތް ތަނުގައި އެ ވުޒާރާއަށް ލިބޭ އެޕްލިކޭޝަންތައް ޕްރޮސެސްކުރާއިރު އެއްވެސް މަރުހަލާއެއްގައި އެޕްލައިކުރި ފަރާތުން ކަމެއް ފުރިހަމަ ކުރަން ޖެހިއްޖެނަމަ އެކަން އަންގާނީ އީމެއިލް، މޯބައިލް އަދި ޕޯޓަލް މެދުވެރިކޮށް ނޮޓިފިކޭޝަންއެއް މެދުވެރިކޮށްކަމަށެވެ. އެ ނޮޓިފިކޭޝަން ލިބޭ ތާރީހުން ފެށިގެން 3 ދުވަހުގެ މުއްދަތު ދިނުމަށްފަހު ސިސްޓަމުން އޮޓަމެޓިކަލީ އެޕްލިކޭޝަން ކެންސަލްވެގެންދާނެކަމަށެވެ. މީގެ ސަބަބުން ސިސްޓަމްގެ ތެރޭގައި މަޑުޖެހިފައިވާ އެޕްލިކޭޝަންތައް މަދުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އިޤްތިޟާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަލިބާބާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް 700 ބައިވެރިންނާއެކު ފަށައިފި

ތުރުކީއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް 2 މަސްތެރޭ އަމަލުކުރަން ފެށޭނެ: ސަޢީދު

local shops

އަސާސީ ކާބޯތަކެތީގެ އަގު ދެނެގަތުމަށް އިންޑެކްސްއެއް ތާރަފްކުރަނީ

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި