ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދު ހަރުދަނާ ކުރުމަށް ޕޭ ހާމަނައިޒްކުރުން މުހިންމު: ރައީސް

463681 3513c2ee 2
STO_Ads
TTH_Ads
Advertisement

އިޤްތިޞާދު ހަރުދަނާކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް، ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕޭ ހާމަނައިޒްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަކީ، އެ ކުންފުންޏަކަށް އެންމެ އެކަށީގެންވާ ޢަދަދުކަމުގައި ކަށަވަރު ކުރުމަށް ޤައުމީ ފެނަވަރުގައި އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒްކުރައްވާ އެންމެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި، ގެއަށް ގެންދަން ލިބޭ އާމްދަނީގެ މިންވަރު ބޮޑުކުރުމާއި، މަސައްކަތުގެ އަޚްލާގު ހަރުދަނާކުރުން ހިމެނޭކަމުގައެވެ. އަދި އިޤްތިޞާދު ހަރުދަނާކުރުންވެސް މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭ ހާމަނައިޒޭޝަނާ ގުޅުންހުރި ކަންކަން ތަންފީޒުވަމުންދާއިރު، ވަކިވަކީން ރިޢާޔަތްކުރަންޖެހޭ ކޭސްތައްވެސް އެބަހުރިކަމަށާ، އެކަންކަން އެގޮތުގައި ބައްލަވައިގެން ކުރިއަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ހަމަމިއާއެކު، ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރެވޭ މަސައްކަތްތަކަކީ އަޚުލާޤީ ގޮތުން ވަކި ހަމަތަކަކާއި ފެންވަރެއް ހިފެހެއްޓުމަށް ކުރެވޭ ކަމެއްކަމަށާ، މިކަމުގެ ސަބަބުން ޚަރަދުތަކެއްވެސް ކުޑަކުރެވިގެންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަން މިފަދައިން ކުރެއްވުމަކީ، ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކަކީ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަކަށް ވާއިރު، ބޭރުގެ ޤައުމުތަކަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމަކީވެސް ނުހަނު މުހިންމު، އަދި ފަރުދީ ފެންވަރެއްގައި ރައްޔިތުންނާ ގުޅިފައި އޮންނަކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސްރަޙުގައި އަދު ކަންހިނގަމުންދާ ގޮތަށް ރިޢާޔަތްކުރައްވާ، އިޤްތިޞާދު ހަރުދަނާކޮށް ނެގެހެއްޓުމުގެ މަސައްކަތްތައް ސާބިތުކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޕޭޕަލްގެ ޚިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ: ރައީސް

raees Muiz

އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެ: ރައީސް

muiz

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ގޯއްޗާއި ފްލެޓު ލިބޭ މީހުން މިއަހަރު އިޢުލާނު ކުރާނެ: ރައީސް

raees muiz

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ނަގާ ލޯނަށްް ބޭނުންވާ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދެނީ