ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Io
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

އެމްއެމްއޭއިން ހުޅުވާލާފައިވާ މި ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި އަހަރު ކިޔެވުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ، ގާނޫނީ އަދި އިގްތިސާދީ ދާއިރާއިން މާސްޓާސް ޑިގްރީގެ އިތުރުން އިސްލާމިކް ފައިނޭންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުން ހިމެނެއެވެ. ކުރިން މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަވަހަށް ހަމަވާ ގޮތަށް އޮތް ނަމަވެސް، އެ މުއްދަތު މިހާރު ވަނީ ޖުލައި 15 އަށް އިތުރުކޮށްފައެވެ.

ސްކޮލަޝިޕަށް މީހުން ހޮވުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކެންޑިޑޭޓުންގެ ތައުލީމީ ފެންވަރަށާއި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަޝިޕް ޔަގީންވާނީ ކިޔަވަން ހުށަހަޅާ ޔުނިވަސިޓީތަކުން އެޑްމިޝަން ކަށަވަރުވުމުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންގެ ޓިއުޝަން ފީއާއި ޔުނިވާސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހުރިހާ ފީތަކެއް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން ކިޔަވަން ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސް ލިބޭނެއެވެ. އަދި ދަރިވަރުންގެ ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް މި ސްކޮލާޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport velana

ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައާގުޅޭ ދިރާސާއެއް ހަދަނީ

mma

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސަރވޭ މި މަހު 25 ގައި 16 ޖުލައި 2026

MMA

ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށް

mma

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި