ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭ އިން ބޭންކްތަކަށް %25 އިތުރަށް ޑޮލަރު ދޫކުރަނީ

MMA
TTH_Ads
STO_Ads
Advertisement

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސެންޓް އިތުރުކުރުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން މަހުގެ ކޮންމެ ހަފްތާއަކު ވެސް ބޭންކްތަކަށް ޑޮލަރު ދޫކުރާނީ އިތުރުކުރެވުނު މިންވަރާ އެކުގައެވެ. މިއީ ޓޫރިޒަމުން ލިބޭ ބޭރު ފައިސާ މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ތާށިކަން ކުޑަކުރުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ. މީގެ ބޭނުމަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 ޕަސެންޓް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު 78 ޕަސެންޓް އިތުރުވެފައިވާކަން އެމްއެމްއޭ އިން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރާއްޖެއަށް ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 30 ޕަސެންޓް އިތުރުވެފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، ޓޫރިޒަމްގެ އޮފް-ސީޒަންގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވޭތުވެދިޔަ ތިން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ސަބަބުން ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވެ، ބޭރު ފައިސާގެ ބާޒާރަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރުމާއި، ގަވާއިދުތަކަށް ބަދަލު ގެނައުމުގެ އިތުރުން، އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހިމެނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ