ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް ހުށަހަޅައިފި

hulhumale
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް ވަގުތުން ރަށްވެހިކަން އެ ރަށަކަށް ބަދަލުކުރެވޭނެގޮތަށް ޤާނޫނު އިސްލާހު ކުރަން ހުށަހަޅުއްވައިފިއެވެ. މިބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިހާރު އެޤާނޫނުގެ ދަށުން، ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރު ދުވަހު ދިރިއުޅޭފައިވާ މީހެއްކަމުގައި އޮންނަ އޮތުން ބަދަލުކޮށް ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނުގައި މިހާރު އޮންނަގޮތުން މީހަކަށް ރަށްވެހިކަން ބަދަލުކުރެވޭނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި ދިރުޅޭތާ 5 އަހަރުވުމުން އެކަންޏެވެ.

މި މާއްދާއަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގައިވަނީ ރަށްވެހިކަން ބަދަލުކުރަން އިތުރު ގޮތްތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން ބިން ނެގުމުން ނުވަތަ ގަތުމުން ނުވަތަ ހިބައިން ނުވަތަ ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫންވެސް ތަނެއްގެ ޤާނޫނީ މިލްކުވެރިކަން ނުވަތަ ޤާނޫނީ ޙައްގު ލިބިފައިވާނަމަ އެ ރަށެއްގެ ރަށްވެއްސަކަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

HajjCop_ads
Advertisement

މިގޮތަށް ރަށްވެހިކަން ވަގުތުން ބަދަލުކުރަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭނީ އެފަދަ ޙައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ ލިޔެކިޔުންތައް ހުށަހެޅުމުން އެ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

މިގޮތަށް ރަޖިސްޓްރީ ބަދަލުކުރުމުން ކުރިން ރަށްވެހިވެފައިވާ ރަށެއްގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކުރަންވާނެ ކަމަށާއި އެއްވެސް މީހަކަށް އެއް ރަށަށްވުރެ ގިނަ ރަށުގައި ރަށްވެހިނުވެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި