ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ އަމާން ދޯދި 5 އިމާރާތުގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ހުޅުމާލެ ފޭސް ދެއެއްގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި ހުންނަ އަމާން ދޯދި 5 އިމާރާތުގެ ދެވަނަ ފަންގިފިލާއިން ޒުވާނަކު ވެއްޓިފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި 16 އަހަރުގެ ކުއްޖާގެ ހާލަތާ ގުޅޭ ތަފްސީލީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ކުއްޖާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 11:14 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ހާލަތު ބަލައި، މިކަމާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބަލަން ފަށާފައެވެ.
ފުލުހުން ވަނީ ރޭ އެ ސަރަހައްދު ބަންދުކޮށްގެން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު