ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

43
STO_Ads
TTH_Ads
Advertisement

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މި އިސްލާހު ހުށަހެޅުއްވީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި، އެކަމުން ދުރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. މި އިސްލާހުގައިވާ ގޮތުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކަނޑައެޅުމުގެ އިތުރުން، އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމް، ނިކޮޓިން ޕެޗް އަދި އެފަދަ އެހެނިހެން އުފެއްދުންތަކުން ޑިއުޓީ މާފުކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހުގެ ދަށުން ހަމައެކަނި އާދައިގެ ސިނގިރޭޓުގެ ޑިއުޓީއެއް ނޫން، ބިޑިއާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޓެކްސްގެ އޮނިގަނޑު ހަރުދަނާކޮށް، ސިއްހީ ގޮތުން ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

HajjCop_ads
Advertisement

މީގެ ކުރިން 3.30 ރުފިޔާއަށް ނަގަމުން އައި ސިނގިރޭޓުގެ ޑިއުޓީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް، މިހާރު މި ހުށަހަޅާ އިސްލާހާއެކު އަލުން ޑިއުޓީ ކުޑަކުރުމަށް މަސައްކަތް ފެށިފައިވާއިރު، މިކަމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާ އެއްގޮތަށް ބަދަލުތައް ގެނައުމަށް ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާކަން މޭއި މަހު ސަރުކާރުން ހާމަކޮށްފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގައި އޮންނާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ