ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ “ބޮޑު ބަދަލު” އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް އައްޔަނުކޮށްފި

Igmh
TTH_Ads
STO_Ads
Advertisement

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ސެކްރެޓޭރިއަޓުގައި “ބޮޑު ބަދަލު” އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ.

“ބޮޑު ބަދަލު” އަކީ ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ހުށަހަޅާފައިވާ ނިޒާމީ އިސްލާހުތަކެކެވެ. މި އިސްލާހުތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްވެ ތިއްބަވައިގެން އެކުލަވާލެއްވި ޚިޔާލުތަކެކެވެ. މި ނިޒާމު ހިންގުމަށް ހާއްސަ އޮފީހެއް ހުޅުވައި، ހަސަން ލަތީފް އެ މަގާމަށް އައްޔަނުކުރީ މި މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ.

މި ނިޒާމަކީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމުގެ ހަމަތަކުން އެކީ އެކައްޗަކަށް ފެތޭ ނިޒާމެއް ނޫނެވެ. މީގެ މައިގަނޑު ސިފައަކީ ސަރުކާރު ހިންގާ ވެރިޔާ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރުމާއި، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލަރުންގެ ވޯޓުން އިންތިހާބުކޮށް ބާރުތައް ބެހިގެން ދިއުމެވެ. މިގޮތުން ބާރުތައް ބަހާލައިގެން ހިންގުމަކީ ދައުލަތުގެ ކަންކަން ހަރުދަނާ ކުރެވޭނެ ގޮތެއް ކަމަށް މި ނިޒާމު ހުށަހެޅުއްވި ފަރާތްތަކުން ދެކެ އެވެ.

HajjCop_ads
Advertisement

މިފަދަ ހައިބްރިޑް ނިޒާމަކާމެދު ސިޔާސީ މަސްރަހުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ދައުލަތުގެ ދެ ވެރިންގެ މެދުގައި ބާރުތައް ބެހިގެން ދިއުމަކީ ހިޔާލުތަފާތުވުންތައް އުފެދި، ދައުލަތް ހިންގުން ހުއްޓުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމެކެވެ. މީގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމަށް ސީދާ ރައްޔިތުންގެ ރުހުން ހޯދަންޖެހުމާއި، މެންބަރުން ރިކޯލް ކުރެވޭ ގޮތް ހެދުމަކީ ދައުލަތުގެ ހަރަދުތައް ބޮޑުވެ، ސިޔާސީ ދެބަސްވުންތައް ދާއިމީ ކަމަކަށް ވެދާނެ ކަމުގެ ބިރު އޮތް ކަމަށް މާހިރުން އަންދާޒާ ކުރެ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސޭނުބެ
އެއީ އެމްޑީޕީ މީހެއް ނޫނެވެ. ޛަމޮގް ރެޓްސް ގެ މީހެކެވެ.

ގުޅުންހުރި

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި

Io

ކުރީގެ ރައީސުންގެ ސެކިއުރިޓީ އުސޫލަށް ގެނައި ބަދަލާމެދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި