ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް، ޒިޔުރިކް އެއަރޕޯޓަށް ފައިބާވަޑައިގަންނަވަނީ:
STO_Ads
TTH_Ads
Advertisement

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް ހިނގައްޖެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމާގުޅޭ ޓެކްނިކަލް މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވަނީ ސްވިޒަރލޭންޑްގައެވެ.

އީރާނު ވަފުދުގެ ވެރިންގެ ގޮތުގައި ސްވިޒަރލޭންޑަށް ވަޑައިގެންނެވީ އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.

HajjCop_ads
Advertisement

ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް މިހާރު އުޅެނީ ސްވިޒަރލޭންޑަށް ދިއުމުގެ މަގުމަތީގައެވެ.

އެމެރިކާއިން ފުރުމުގެކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެރިކާގެ ނައިބް ރައީސް ބުނީ، ސްވިޒަރލޭންޑްގައި ބާއްވާ ވާހަކަތަކުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައާއި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭ މައްސަލާގައި ކުރިއެރުންތަކެއް ހޯދޭނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކަށް އިޝާރާތްކޮށް ޖޭޑީ ވެންސް ބުނީ، ލުބުނާނުގެ ހާލަތު މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ކަމަށެވެ.

އެކަމަކު، އީރާނުން ބުނަނީ މުޅިން އެހެން ވާހަކައެކެވެ. އީރާނުން އަންގަނީ، އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް ދިޔައީ އެމެރިކާއާއެކު އެމްއޯޔޫއާ ގުޅޭ ޓެކްނިކަލް ވާހަކަތައް ދައްކަން ނޫން ކަމަށެވެ.

އީރާނުން އަންގަނީ، ޓެކްނިކަލް ވާހަކަތަކާއިގެން ކުރިއަށްދާނީ ސްރާއީލުން އެމްއޯޔޫއަށް ފުރިހަމައަށް ތަބާވެ، އަދި އެމެރިކާއިން އެކަން ކުރުވުމުގެ ޒިންމާ ފުރިހަމައަށް އުފުލުމުން ކަމަށެވެ.

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް ދިޔައީ، އިސްރާއީލު އެއްބަސްވުމަށް ފުރިހަމައަށް ޒިންމާކުރުމުގެ ޔަގީންކަން އެމެރިކާގެ ކިބައިން ހޯދުމަށް ކަމަށް، އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އީރާނު މީޑިއާއިން ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

10 ދުވަހަށް ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

އެމްއޯޔޫގެ ކަންތައް ނިމުނީ، އެމެރިކާއާ މަޝްވަރާކުރުމެއްވެސް ދެން ނޯންނާނެ: އީރާނު

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް