ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

Majilis
STO_Ads
TTH_Ads
Advertisement

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 17 އިން ފެށިގެން، ޖުލައި މަހުގެ 1 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. ސައިބަރ ސެކިއުރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ މި ބިލުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ޔަޤީންކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

HajjCop_ads
Advertisement

ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި ލައިސަންސް ނެތި ޚިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” ގެ ނަމުގައި އިދާރާ އެއް އެކުލަވާލުން ހިމެނެއެވެ. ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ އެ އެޖެންސީގެ ލަފާގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތާއި އަމިއްލަ އިދާރާތަކުގެ އުމްރާނީ ވަސީލަތްތަކާއި ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާއި ގުޅިގެން ފުރިހަމަކުރަން ޖެހޭ ކަންކަން މި ބިލުގެ ދަށުން ކަނޑައަޅާނެއެވެ. އަދި ދާޚިލީ އަދި ކްރޮސް ބޯޑަރ ސައިބަރ ސެކިއުރިޓީ ހިރާސްތައް ދެނެގަތުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުން ހުރި ހާދިސާތައް ހުއްޓުވުމަށާއި، ދިމާވެދާނެ ހާލަތަކަށް އިޖާބަދިނުމަށް ޤާބިލް ނިޒާމެއް އެކުލަވާލުމަށް އުސޫލުތައްވެސް ބިލް ފާސްވުމާއެކު އެކުލަވާލާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ދާއިމީ މިސްކިތްތައް ބިނާކޮށް ނިމޭނެ