ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ބިއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފި

Sstv FORM FOR EC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސްގެ އާ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، އެ ސިޓީގައި ދެމުންގެންދާ ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކު ސިޓީގައި ހުޅުވި މި އޭޓީއެމް ސެންޓަރަކީ އެ ރަށުގައި ގާއިމުކުރެވުނު 4 ވަނަ އޭޓީއެމްއެވެ. މިއާއެކު، އަމިއްލަ ރަށުގައި ތިބެގެން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރުމުގެ ފުރުސަތު އެ ސިޓީގެ ރައްޔިތުންނަށް ވަނީ އިތުރަށް ތަނަވަސްވެފައެވެ. ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތަކީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ޚިދުމަތެއްކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެ ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި މަޝްރޫޢުގެ ދަށުން އެންމެ 9 މަސްދުވަހުގެ ތެރޭގައި 20 އަތޮޅެއްގެ 105 ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޭންކިންގ ޚިދުމަތް މިހާ ހަލުވި މިނެއްގައި ފުޅާކުރެވުނު ފުރަތަމަ ފަހަރުކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަމިއްލަ ރަށުގައި ތިބެގެން ފައިސާގެ މުއާމަލާތްތައް ކުރުމަކީ އާބާދީ ކުދި ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަކަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން އެކަން ވަނީ ހަގީގަތަކަށް ވެފައެވެ.

HajjCop_ads
Advertisement

އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން، ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 70 ރަށެއްގައި ޑޮލަރު އޭޓީއެމް އަދި 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން 6 ރަށެއްގައި އައު ބްރާންޗްތައް ގާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން ބީއެމްއެލްއިން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ

bml

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ