ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް

majilis
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު  އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު އިތުރަށް ފުރިހަމަކުރުމަށް އިޖުތިމާއީ ކޮމެޓީއަށް ފޮނުވުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށްޓަކައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ގައިދީންގެ ގުނަވަން ހަދަިޔާ ކުރެވޭ ގޮތަށް އެ ބިލުގައި ހިމަނާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

MMA_Ads
HajjCop_ads
Advertisement

ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ގުނަވަން ހަދިޔާ ނުކުރެވޭނެ ބައެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެ ބިލުގައި ހިމަނާފައިވާ މާއްދާ މަޖިލިހުން އުނިކޮށްފައި ވުމަކީ ބިލު އަނބުރާ ފޮނުއްވައިލެއްވި އެއް ސަބަބު ކަމަށެވެ.

ބިލު އަނބުރައި ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށްވުމާއި އެ ބިލު ގާނޫނަކަށް ވުމުން އަމަލުކުރަން ޖެހޭ ބައެއް ގަވާއިދުތައް، ބިލު ގާނޫނަކަށް ވުމުގެ ކުރިން ހަދައި އަމަލުކުރަން ލާޒިމުވާ ފަދަ ގޮތަަކަށް އޮތުން ހިމެނެއެވެ

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

majilis

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ މި މަހު 15 ގައި

majilis

މަޖިލީހުގެ ދެވަނަ ދައުރު ފަށައި، ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި