ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ދުމުގެ އަސަރުކުރި ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ހިނގި މި އަލިފާނުގެ ހާދިސާ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެހެންނަމަވެސް، ހޮސްޕިޓަލުގައި ފަރުވާދިން ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފުލުހުންނާއި ގައުމީ ދިފާއީ ބާރުގެ ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

HajjCop_ads
Advertisement

މި ހާދިސާއާ ގުޅިގެން އެ ފްލެޓްގައި ދިރިއުޅެމުންދިޔަ އެއް އާއިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ. އެހެންކަމުން، އެ އާއިލާގައި ހިމެނޭ ހަ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Io

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Igmh

ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

Io

ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ: 109 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި