ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް މުޙައްމަދު ނިޒާރު އަލުން އައްޔަންކުރައްވައި، އޭނާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރެއްވުމަށްފަހު، އޭނާއަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅު ފޮނުއްވީ ފާއިތުވި މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސިޓީފުޅު އިއްވުމަށްފަހު، ނިޒާރުގެ ނަން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. ނިޒާރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ، އެ ބޯޑުގެ ކުރީގެ ރައީސް މުޙައްމަދު އަނަސް ފާއިތުވި އޭޕްރިލް މަހުގެ 30 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 އަށް ވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަން ކުރައްވައިފައެވެ. މީގެ އިތުރުން، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ފުރުއްވައިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫއުތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އޭނާ ވަނީ މޯލްޑިވް ގޭހާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.

HajjCop_ads
Advertisement

ތައުލީމީ ގޮތުން ބަލާއިރު، ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން ފަންނީ ތަޖުރިބާ ހޯއްދަވައިފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HJBJN

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ފާސްކޮށްފި

majilis

ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު މަޖިލީހުން ފާސްކޮށްފި

8u

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

88887

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ރައީސް ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި