ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުން ގެއްލުވާލި ކަނޑު ހޯދުމަށް ބޮޑު ހަރަދެއް ދާނެ، އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭކަމެއް: ރައީސް

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

ކުރީ ސަރުކާރުން ގެއްލުވާލި ކަނޑު ހޯދުމަށް ބޮޑު ހަރަދެއް ދާނެ ކަމަށާއި ނަމަވެސް އެއީ ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިހާބުން ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައްތައް މީގެ ކުރިން ގޮސްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، އެކަންތައްތަކަކީ “އަޅުގަނޑުމެންގެ ސިކުނޑިން އަލިއްލައަށް ވިސްނަން ޖެހޭ ކަންކަން” ކަމަށެވެ.

މިދިޔަ ސަރުކާރުގައި އެއްވެސް ކަހަލަ އެންގުމެއް، ގާނޫނާއި ގަވާއިދާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ސިޓީއަކުން ދޫކޮށްލާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ ފަނާކުރަނިވި ސިޔާސަތުން ކަންކަން ކުރި ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މިއީ ކަންތައް ހިނގާފަ ހުރި ގޮތް. އެއީ އޭރު ކަންތައްވި ގޮތް. އެ ފަނާ ކުރަނިވި ސިޔާސަތުން ކަންކަން ރައްޔިތުންނަށް ލިބުނު ގޮތް. އެހެން ނަމަވެސް މި ބިނާކުރަނިވި ފިކުރުގެ ސިޔާސަތުގެ ދަށުން އެ ފޮނުވި ސިޓީ އަނބުރާ މިހާރު އޮތީ ގެނެއްސަ.” ރައީސް

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގެއްލުވާލި ނުވަތަ ދޫކޮށްލި ނުވަތަ ވިއްކާލި ކަނޑުގެ ސަރަހައްދު އެއީ ރަސްމީކޮށް އަނެއްކާ ވެސް ރާއްޖޭގައި ހުރި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިންގެ ބައެއް ކަމުގައި ސަރުކާރުން ކަނޑައަޅާފައިވާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މިންގަނޑުތައް ހުންނަ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި އެކަން ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ރަސްމީކޮށް ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ރަސްމީކޮށް ލިޔެކިޔުމުން ހިމެނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން. ހަރަދު ބޮޑު މަސައްކަތެއް، އެހެން ނަމަވެސް ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއްވީމަ.” ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް ހަރަދުކޮށްގެން އެތަން ދޫކޮށްލި ނަމަވެސް މި ސަރުކާރުން ފައިސާ ހަރަދު ކުރާނީ އެތަން ހޯދަން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

468380 75ddd6c7 5

ނަޒާހަތްތެރިކަން އިތުރުކުރުމަށް ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް: ރައީސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފި