ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ދެ ރަށެއްގައި ވޯޓްފޮށި ފަޅާލައިފި

TTH_Ads
STO_Ads
Advertisement

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުގައި ދެ ރަށެއްގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި ގެއަށް ވޯޓްފޮށި ގެންގޮސްގެން ވޯޓްލުން ފަދަ އެތައް މައްސަލަތަކެއް ފެންމަތިވެ އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ވަނީ ފަޅާލާފަ އެވެ. ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އަދި ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓްފޮށި ނަޝީދުގެ ސަޕޯޓަރުންތަކެއް ވަނީ ފަޅާލާފަ އެވެ.

މީގެ އިތުރުން ފީއަލީގައި ވޯޓްލާން ބޭނުންކުރަނީ އެ ވޯޓްފޮއްޓާއި ހަވާލުވެހުރި މީހާ އަމިއްލައަށް ހަދާފައިވާ ވޯޓްސް ލިސްޓެއް ކަމަށް އިންތިޚާބުގައި ވާދަކުރާ މީކާއީލް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެ ލިސްޓުން މީކާއީލަށް ތާއީދު ކުރާ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ މީހުންގެ ނަންތައް ވަނީ ހިމަނާފަ އެވެ.

MMA_Ads
HajjCop_ads
Advertisement

އޭގެ ފަހުން އެ އޮފިޝަލް ވަނީ ވޯޓްފޮށި އޭނާގެ ގެއަށްވެސް ގޮސްފަ އެވެ. އަދި އެގޭގައި އޭނާ ބޭނުންވާ ގޮތަށް ވޯޓްގެ ކަންކަން ގެންގޮސްފައިވެ އެވެ.

ވޯޓްފޮށި ފަޅާލުމުން ބައެއް ރަށްރަށުގައި ފަޅާލާފައިވާ ވޯޓްފޮއްޓަށްވެސް ދަނީ ވޯޓް ލަމުންނެވެ. މީގެ ކުރީ އިންތިޚާބުތަކުގައި ވެސް އެމްޑީޕީން ވަނީ އުވަ ދޯންޏަކާއި ކޮންކުރީޓް މެޝިންފަދަ ތަކެއްޗަކީވެސް ވޯޓްފޮށި ކަމަށް ބަލައި ވޯޓް އަޅާފަ އެވެ.

މިއަދު ހިނގާދިޔަ ކަންކަމާއި ގުޅިގެން އިންތިޚާބުގެ ނަތީޖާގެ ކުރީން ވޯޓްގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ފިޔޯރީގެ ވޯޓު ފޮށި ފަޅާލައި، އެ ރަށުގެ ވޯޓުލުން ފަސްކޮށްފި

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ސްކޫލްތަކަށް ބަދަލުކޮށްފި

Sstv FORM FOR EC

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު ކާމިޔާބުކުރައްވައިފި