ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މުޅި ރާއްޖޭގައި ކުރިއަށްދާ މި އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 14:30 ގައި ފަށާފައިވާއިރު، ވީހާ ވެސް ގިނަ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުފޮށިތައް ބަންދުކުރާނެ ވަގުތު މިހާރު ވަނީ ރޭގަނޑު 20:30 އަށް އިތުރުކޮށްފަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

MMA_Ads
HajjCop_ads
Advertisement

މި އިންތިޚާބަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް ނުހަނު މުހިންމު އިންތިޚާބަކަށް ވާއިރު، މިއީ ރައީސް ނަޝީދު ‘ދަ ޑިމޮކްރެޓްސް’ އުފެއްދެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލައްވާ ފުރަތަމަ ބޮޑު އިންތިޚާބެވެ. އިންތިޚާބުގައި މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކުއެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދު ކުރައްވަނީ ނަޝީދަށެވެ.

ފާއިތުވި ދުވަސްތަކުގައި ކުރިއަށްދިޔަ ފޯރިގަދަ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ ރީނދޫ ލަޝްކަރު އަލުން ރުކުރުވާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީކާއިލްގެ ކެމްޕޭން ބިނާކުރައްވާފައިވަނީ އިތުބާރުގެ ޝިއާރުގެ ދަށުން، ޕާޓީގެ އެތެރޭގެ ފެކްޝަންތައް އެއްގޮތްކޮށް، އާންމު މެންބަރުންނާއި ލޯކަލް ކައުންސިލަރުންގެ ބާރުވެރިކަން އިތުރުކުރުމުގެ މައްޗަށެވެ.

އެމްޑީޕީން ބުނީ އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށާއި ޝަކުވާތައް ބެލުމަށް ހާއްސަ ކޮމްޕްލަޔަންސް ކޮމިޓީއެއް އެކުލަވާލައި، އިންތިޒާމުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލިބެ
އަހަރުމެންނަށްވެސް އާ ޕާރޓީ ހަދައިގެން ޕާރޓީރޫޅާލަން ނޫޅެވުނަސް، ތިޔަ އަންނިއަށް ޗެއަރޕާރސަންކަން ލިބިއްޖިއްޔާ އަހަރުންނާއި އާއިލާއާއި އެކުވެރިން ޕާރޓީން ކެނޑިގެން އެހެންދިމާލަކަށް ޔަގީނުންވެސް ދާނަމެވެ. ތިޔަފަދަ ގެއްލުންދޭ މީހަކުއަތަށް ލަގަންދީގެން އޭނަގެ ފަހަތަކު ނުހުންނާނަމެވެ.

ގުޅުންހުރި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ދެ ރަށެއްގައި ވޯޓްފޮށި ފަޅާލައިފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ސްކޫލްތަކަށް ބަދަލުކޮށްފި

Sstv FORM FOR EC

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު ކާމިޔާބުކުރައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓު އާންމުކޮށް، އޮފިޝަލުން ހޯދަން ފަށައިފި