ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އާދަމް ނަސީރު މަގާމުން އިސްތިއުފާދެއްވިކަން ސަރުކާރުން ހާމަކުރެއްވިއިރު އޭނާ އެމަގާމަށް ޢައްޔަނުކުރެއްވީ އިއްޔެއެވެ. އަދި އޮފީހަށް ނުކުންނެވީ މިއަދުއެވެ.
މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރުކަން ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރުގެ މަގާމަށް ޢައްޔަނުކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވިއިރު، އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރުކަމުން އޭނާ އިސްތިއުފާ ދެއްވީ 14 އޭޕްރިލް 2026 ގައެވެ.










ކިޔުންތެރިންގެ ހިޔާލު