ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރުންތައް ރައްކާތެރިކުރުމަށް ގްރީން ފަންޑުން އަހަރަކު 7 މިލިއަން ހަރަދުކުރާނަން: ރައީސް

muiz
TTH_Ads
STO_Ads
Advertisement

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކުރުމަށް ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ހަރަދުކުރުމަށް ހާއްސަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގައި ރައީސް ދެއްވި ހާއްސަ ހިތާބުގައި ވިދާޅުވެފައިވަނީ ތިމާވެށީގެ ދުވަހަކީ، ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ޢަޒުމު ވަރުގަދަ ކުރަންވީ ދުވަހެެއް ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމަށްވާ “އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން” އަކީ ރާއްޖެ ހިމެނޭހެން ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ޝިއާރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސައެންސްގެ ދިރާސާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތްކަން އެނގޭ ކަމަށެވެ. އަދި މިޝިއާރަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަަތްކުރުމަށް ގޮވައިލާ ގޮވައިލުމެއްކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

އަދި މޫސުމީ ބަދަލުތަކުގެ ކަންކަން އޮތްގޮތުން އިސްނަގައިގެން އަމިއްލަ ދިރިއުޅުމުގެ އާދަތަަކާއި ވިސްނުންތަކަށް ބަދަލުގެންނަންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ އަސަރުތައް މިހާރުވެސް ތަހައްމަލުކުރަންޖެހިފައިވާކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކައް ގެއްލުންވުމަކީ މިހާރުގެ ހަގީގަތް ކަމަށެވެ.

“މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން. ނަމަވެސް، އަޅުގަނޑުމެންވެސް އިސްނަގައި، ޤައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނޭ ކަންކަމާމެދު ވިސްނައި، ޢަމަލުކުރުމަކީ މުހިއްމު ކަމެއް،” ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިގުތިސާދާއި ދިވެހިންގެ ދުޅަހެޔޮކަމާއި މުޅި ދިރިއުޅުމުގެ ވައްޓަފާޅި އޮތީ ގުދުރަތީ ވެއްޓާ ލާމެހިފައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އެންމެ މަގުބޫލު މަންޒިލަށްވީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔެ ބަދަލުވަމުންދާއިރު އެންމެންގެ ތަރައްގީއާއި ތަހުޒީބާއި ތަމައްދުނު ގުޅިފައި އޮތީ ދެމެހެއްޓެނެވި ތަރައްގީއާކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ޤައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ނުލިބުންކަން ފާހަގަކުރައްވަމުން އެމަނިކުފާނުވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ގްރީން ފަންޑުން އެ މަސައްކަތަށް ހަތް މިލިއަން ރުފިޔާ ކޮންމެ އަހަރު ހާއްސަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އެ ފައިސާއަކީ ތިމާވެށީގެ ދާއިރާއިން ދައުލަތުގެ ބަޖެޓުގައި ހިމަނާ ފައިސާގެ އިތުރަށް އެކަމަށް ހަރަދުކުރާނެ ފައިސާއެވެ. އަދި އެއީ ގްރީން ފަންޑުން މިހާތަނަށް ތިމާވެށި ހިމާޔަތްކުރުމަށް ދީފައި އޮތް އިސްކަން އިތުރަށް ހަރުދަނާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި، މޮނިޓަރކުރުމުގެ މަސައްކަތްތަކަށާއި، ކޮންސަރވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި، ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މައުލޫމާތު އާންމުކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށް ކަމަށެވެ.

“އަޅުގަނޑުގެ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިޔުމެވެ. އަދި މި މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަޤުބަލަށް ލިބިގެންދިއުން،” ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

The plus Muiz

“‘ދަ ޕަލްސް” ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ފައްޓަވައިފި

ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭ ކަމެއް: ރައީސް

raees muiz

އިކޯސޮކްއަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް

Main 20260603

ރާއްޖޭގެ ރޭޓިންގ ފިޗުން މަތިކޮށްފި