ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން، ހުޅުމާލޭގައި ރުއް އިންދުމުގެ ހަރަކާތެއް ބާއްވަނީ

hulhumale
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބާއްވާ ދިވެހި ރުއް އިންދުމުގެ ގައުމީ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޗްސީއޭ އިން ބުނީ މި ހަރަކާތަކީ ދުނިޔޭގެ ތިމާވެށި ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށްދާ ބައިނަލްއަގްވާމީ ފެންވަރުގެ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 17:30 އަށް ހުޅުމާލެ ފޭސް 2 ގެ ހުސް ބިމެއްގައި ކަމަށް އެޗްސީއޭއިން ބުނެފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން ބުނި ގޮތުގައި، މި ހަރަކާތުގެ މައުލޫމާތު މިހާރު ވަނީ ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީއާ ހިއްސާކުރެވިފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އެންވާޔަރަންމަންޓް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ އަދި “5 މިލިއަން ގަސް” ޕްރޮޖެކްޓް ކޮމެޓީވެސް ހިމެނެއެވެ.

މީގެއިތުރުން ހުޅުމާލޭގެ ފަސް ސްކޫލެއްވެސް ބައިވެރިވެއެވެ. އެއީ ރެހެންދި ސްކޫލް، ޣާޒީ ސްކޫލް، ހުރަވީ ސްކޫލް، ސަލާޙުއްދީން ސްކޫލް އަދި ޝަހީދު އަލީ ސްކޫލެވެ. މީގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ދަރިވަރުންނާއި މެންބަރުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އެޗްސީއޭ އިން ބުނެފައިވެއެވެ.

އެޗްސީއޭ އިން އިތުރަށް ބުނީ، މި ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުންވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ.

މި އިވެންޓުގެ ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ އާއި 5ފަސް މިލިއަން ގަސް ޕްރޮޖެކްޓް ކޮމެޓީ ހަމަޖައްސާފައިވާއިރު، ޑްރިންކްސް ޕާޓްނަރަކީ ބޮނަކުއާއެވެ. އަދި މީޑިއާ ޕާޓްނަރަކީ އެސް.އެސް ޓީވީއެވެ.

މި ހަރަކާތުގައި ސްކޫލްތަކާއި އެކި މުއައްސަސާތަކުން ޖުމުލަ 1000 އަށްވުރެ ގިނަ މީހުން އަމަލީ ގޮތުން ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ

Io

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުންވެ، ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި

43

އެޗްޑީސީގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި