ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުގެ ބޮޑު ދަރަނި އަދާކުރުމަށްފަހުވެސް ދައުލަތުގެ ރިޒާވްގައި 814 މިލިއަން ޑޮލަރު

MMA
TTH_Ads
STO_Ads
Advertisement

ފާއިތުވި އޭޕްރީލު މަހުގައި ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ބިލިއަނެއްހައި ޑޮލަރު ހަރަދުކުރުމާއެކުވެސް އޭޕްރީލު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 814 މިލިއަން ޑޮލަރު ހުރިކަން ރަސްމީ ހިސާބުތަކުން ދައްކަައިފިއެވެ.

މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. ފެބްރުއަރީ މަހަކީ ރާއްޖޭގެ ތާރީހުގައި ރަސްމީ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ފުރަތަމަ މަހެވެ. އެހެންނަމަަވެސް 2020 ވަނަ އަހަރު ކުރީ ސަރުކާރުން ވިއްކި ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރު އަދާކުރަންޖެހޭ ތާރީހެއްގެ ގޮތުގައި އޮތީ މި އަހަރުގެ އޭޕްރީލު މަހެވެ.

އޭޕްރީލު މަހުގައި ސުކޫކުގެ އަސާސީ ޕޭމެންޓާއި އިންޓަރެސްޓުގެ ގޮތުގައި ޖުމްލަ 524 މިލިއަން ޑޮލަރު ދައުލަތުން ދެއްކީ ރިޒާވްގައި ހުރި ފައިސާގެ އިތުރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ. އޭގެ އިތުރަށް އިންޑިޔާގެ ރިޒާވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މެދުގައި ހަދާފައިވާ ކަރަންސީ ސްވޮޕުގެ ދަށުން ދައްކަންޖެހޭ 400 މިލިއަން ޑޮލަރުވެސް ދައްކާފައިވެއެވެ. އަދި އިންޑިޔާއަށް ދައްކަންޖެހޭ އިތުރު 50 މިލިއަން ޑޮލަރުވެސް ދައްކާފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

ޖުމްލަ ގޮތެއްގައި ދައުލަތުން ދަރަނި އަދާކުރުމަށް ބިލިއަނަކާ ގާތްކުރާ އަދަދަކަށް ޑޮލަރު ހަރަދުކޮށްފައިވެއެވެ. އެ ފައިސާ ހަރަދުކުރުމުގެ ސަބަބުން އެއް ބިލިއަން ޑޮލަރުން މަތީގައި ހުރުމަށްފަހު ރަސްމީ ރިޒާވް އޭޕްރީލު މަހުގެ ނިޔަލަށް 717.9 މިލިއަން ޑޮލަރަށް ތިރިވިއެވެ. އަދި ބޭންކުތަކުގައި އެމްއެމްއޭއިން ރައްކާކޮށްފައި ހުރި ފައިސާގެ ތެރެއިން ރިޒާވް އެސެޓުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުރި 96.5 މިލިއަން ޑޮލަރާއެކު، ޖުމްލަ ރިޒާވްގައި ހުރީ 814.4 މިލިއަން ޑޮލަރެވެ.

މި ފައިސާގެ ތެރެއިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ކަމުގައިވާ 570 މިލިއަން ޑޮލަރު އުނިކުރުމުން ބޭނުންކުރެވޭ ގޮތަށް 244.2 މިލިއަން ޑޮލަރު ހުންނާނެއެވެ. މިއީ ޔޫޒަބަލް ރިޒާވްއެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުގައި އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ވަގުތެއްގައި، ބޮޑު ދަރަންޏެއް އަދާކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުރުމަކީ މާލީ ގޮތުން ރާއްޖެއާމެދު އިތުބާރު ބޮޑުވާނެ ކަމެކެވެ.

ރިޒާވްގެ ހާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓޭ އެއް ސަބަބަކީ ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ބޭންކުތަކަށް މާރުކުރާ ފައިސާގެ 70 އިންސައްތައާ ގާތްކުރާ މިންވަރެއް މަރުކަޒީ ބޭންކަށް މާރުކުރުމެވެ.

އެ ބަދަލުގެ ސަބަބުން ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ އިތުރަށް މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް އެކި ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ އަދަދުވެސްވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister zameer

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން

mma

މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓުތަކުން ބޭންކުތަކަށް ޖުމްލަ 671 މިލިއަން ޑޮލަރު މާރުކުރި

MMA

އެމްއެމްއޭއިން ދޫކުރި ޑޮލަރު 1.1 ބިލިއަނަށް

MMA

ސޮވަރިން ފަންޑަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި