ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ދަތުރުތަކުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާއިން ހަރަދެއް ނުކުރަން: ރައީސް

raees muiz
TTH_Ads
STO_Ads
Advertisement

އެމަނިކުފާނުގެ އަމިއްލަ އެއްވެސް ދަތުރުފުޅެއްގައި ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ފައިސާ ބޭނުންކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމަނިކުފާނާއި، އަނބިކަނބަލުން އަދި ދަރިކަލުން ކުރެއްވި އަމިއްލަ އެއްވެސް ދަތުރުފުޅަކަށް ދައުލަތުން އެންމެ ފައިސާ ފޮއްޗެއް ވެސް ހޭދަކޮށްފައި ނުވާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ދަތުރުފުޅުތަކަކީ އަމިއްލަ ޗުއްޓީ ދަތުރުތައް ކަމުގައި ވިޔަސް، އެ ދަތުރުފުޅުތަކުގައި ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވައެވެ. އެގޮތުން ރައީސް އޮފީހުގެ މުވައްޒަފަކު ޕްރިންޓަރާއި ސްކޭނަރު ހިފައިގެން ގޮސް، އޮފީހުން ފޮނުވާ ނޯޓުތަކާއި ސިޓީތައް ތައްޔާރުކޮށް، ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އަދި އެފަދަ ދަތުރުތަކުގައި އެހީތެރިވުމަށްދާ މުވައްޒަފުގެ ޚަރަދުތައް ވެސް ބައެއް ފަހަރު އެމަނިކުފާނު އަމިއްލައަށް ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައީސް އޮފީހުގެ ތާރީޚުގައި ވެސް ކަން ހިނގާފައިވާ ގޮތް ނޫން ކަމަށްވާތީ އެގޮތަށް ނުހެއްދެވުމަށް އޮފީހުން އިލްތިމާސްކުރި ނަމަވެސް، އަމިއްލަ ޗުއްޓީއެއްގައި ހުންނަވައިގެން ދައުލަތުގެ ޚަރަދު ބޭނުންކުރައްވަން ގަބޫލުފުޅުނުކުރެއްވޭތީ އެކަން އެގޮތަށް ކުރައްވަނީ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ފައިސާ ބޭނުންކުރުމުގެ ބާރު ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ކަމަށެވެ. އަދި މީގެ ކުރީގެ ހުރިހާ ރައީސުންނެއް ވެސް އެގޮތަށް އަމަލުކުރެއްވި ކަމަށާއި، މިހާރު ވެސް ކުރީގެ ބައެއް ރައީސުން ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ ސަރުކާރުގެ ޚަރަދުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ގާނޫނުން ބާރު ލިބުނު ކަމުގައި ވިޔަސް އެމަނިކުފާނު އެގޮތަށް އަމަލުކުރައްވަން ބޭނުންފުޅުނުވަނީ ކަމަށް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

465820 8160566c f

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

448a96d355f0 gettyimages

ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

59bd362e 22cf 4b7e b32f f2de8a025f3b

ސަރަހައްދީ ތަރައްޤީ ތަންފީޒްވުމުން، މާލޭގެ މައްސަލަތަކަށް ޙައްލު ލިބޭނެ: ރައީސް