ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ ބައެއް އެޕުތައް މަނާކުރަނީ

raees muiz
TTH_Ads
STO_Ads
Advertisement

ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އުމުރުން 16 އަހަރުގެ ކުދިންނަށް މީސްމީޑިޔާ ބައެއް މަންސަތައް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާންކުދިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ނޭދެވޭ ކަންކަމުގެ ތެރެއަށް ވަނުމުގެ މައްސަލައަކީ ބަވަނަވެފައިވާ މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.

މިސާލެއްގެ ގޮތުން ސައިބާ ބުލީން ނުވަތަ އޮންލައިންކޮށް ބުލީކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، ކުޑަކުދިން ގްރޫމްކުރުމުގެ އިތުރަށް މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ކުޑަކުދިންނާ ހަމައަށް ނުރައްކާތެރި އެކި ޒާތުގެ ކޮންޓެންޓުތަކަށް ވާސިލުވުމަށް މަގުފަހިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

“އެހެންވީމާ އަޅުގަނޑުމެން މިއީ އިސްލާމީ މުޖުތަމައަކަށްވާއިރުގައި، މިހާ ކްލޯސް ނިޓެޑް ކުޑަ މުޖުތަމައަކަށްވާއިރުގައި އަޅުގަނޑުމެންގެ ޒުވާންކުދިން ތުއްތުކުދިން މިކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް، ރައްޔިތުންނާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ މުހިއްމު ކަމެއް ކަމުގައި ދެކެން. ކުރިއަށް އޮތް ތަނުގައި ކަމާ ބެހޭ ފަރާތްތަކާ، މިދެންނެވީ ސިވިލް ސޮސައިޓީ ކަމާ ގުޅޭ ޖަމްއިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމާ ގުޅޭ ގާނޫނުތަކާ އަޅަންޖެހޭ ފިޔަވަޅުތަކެއް، ސޯޝަލް މީޑިޔާގެ ބައެއް އެޕްތައް އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންނުކުރެވޭ ގޮތަށް ހަމަޖައްސަން ފިޔަވަޅުތަކެއް އަޅަން ގަސްތުކުރަން،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ނަމޫނާއެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ އޮސްޓްރޭލިއާއިން އެކަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ގާނޫނަަށް ގެންނަންޖެހޭ ބަދަލުތަކާއި، ސޯޝަލް މީޑިޔާ ކުންފުނިތަކާ މުއާމަލާތްކުރުމުގައި އޮސްޓްރޭލިއާއިން ތައާރަފުކުރި މިންގަނޑުތައް ރާއްޖެއަށް ތައާރަފުކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދަވަން ނިންމަވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، މި އަހަރު ނިމުމުގެ ކުރިން އެ ފިޔަވަޅު ތަންފީޒުކުރެވޭ މަރުހަލާއަށް ގެންދެވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

މި ނިންމުމަކީ އެއްވެސް ހާލެއްގައި ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫންކަމަށާއި، ޑިޖިޓަލް މަންސަތަކުން މައުލޫމާތު ހޯދުން ފަދަ ކަންކަމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން މި ފިޔަވަޅު ތަންފީޒުކުރާނީ ޒުވާނުންނާއި ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓުތަކުން ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ބީއެމްއެލް ކާޑުތަކުގެ ޑޮލަރު ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

raees muiz

ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލަން އިންތިޒާމުތަކެއް ހަމަޖައްސަނީ

raees muiz

އަމިއްލަ ދަތުރުތަކުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާއިން ހަރަދެއް ނުކުރަން: ރައީސް

raees muiz

އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރިހާ މިނިސްޓްރީއަކުން ހާމަކުރަނީ