ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުވި އިޓަލީގެ ދެމައިންގެ ޖަނާޒާ އެގައުމުގައި ބާއްވައިފި

STO_Ads
TTH_Ads
Advertisement

ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައިގެ ތެރޭ މަރުވި އިޓަލީވިލާތުގެ ފަސް ޑައިވަރުންގެ ތެރެއިން މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ޖަނާޒާ އިއްޔެ ބާއްވައިފި އެވެ.

ހޮހަޅައަށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން އިންޓަނޭޝަނަލް ސާޗް އެންޑް ރިކަވަރީ މިޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މެއިމަހުގެ 18 އިން 21 އަށް ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

އިޓަލީގެ ފަސް ޑައިވަރުންގެ ތެރޭގައި ހިމެނޭ 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ޖަނާޒާ އިއްޔެ ބާއްވާފައިވަނީ އިޓަލީގެ ޖެނޯއާގެ ސަން ފްރެންޗެސްކޯ ޑި ޕެގްލީ ފައްޅީގައި 2،000 އެއްހާ މީހުންނާ އެކުގަ އެވެ.

MMA_Ads
HajjCop_ads
Advertisement

މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކަލް ބުނެފައިވަނީ އޭނާގެ އަންހެނުންނަކީ ކަނޑުއަޑީގެ ދިރާސާތައް ކުރުމުގައި އާދަޔާ ހިލާފު ތަޖުރިބާކާރެކެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2003 ވަނަ އަހަރުން ފެށިގެން މޮނިކާ ވަނީ ރާއްޖޭގެ ކަނޑުތަކުގެ 210 ފޫޓާއި 270 ފޫޓާ ދެމެދުގެ ފުން ސަރަހައްދުތަކުން ސާމްޕަލް ނަގައިގެން ގިނަ ތަހުލީލުތަކެއްކޮށް، ބައިނަލްއަގުވާމީ މަޖައްލާތަކުގައި ޝާއިއުކޮށްފަ އެވެ. މިއީ އަލިމަތާ ހޮހަޅައަށް ވުރެ ވެސް ފުން ސަރަހައްދުތަކެކެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުތަކާ ގުޅޭ 34 ދިރާސާއެއް ކޮށްފައިވާ މޮނިކާ ފަދަ އިލްމީ ގޮތުން ގާބިލު މީހަކަށް މިފަދަ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާންޖެހުނު ސަބަބު ހޯދުމަށް ގިނަ ބަޔަކު ބާރުއަޅަމުންދާއިރު ކަނޑުގެ ދިރާސާތަކުގެ ތަޖުރިބާކާރަކު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅާ އެހާ ފުން ސަރަހައްދަކަށް ދިޔަ ސަބަބާ މެދު ވެސް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މަރުވި ފަސް މީހުންގެ ތެރެއިން މޮނިކާ، މުރިއަލް އަދި ފެޑެރިކޯގެ އަތުގައި 160 ފޫޓު އަޑިއަށް ފޭބުމުގެ ރަސްމީ ހުއްދަ އޮތެވެ. ނަމަވެސް، މަރުވި އަނެއް ދެ މީހުން ކަމަށްވާ ޖިއޯޖިއާ އާއި ޑައިވް އިންސްޓްރަކްޓަރު ޖިއަންލޫކާއަށް އެފަދަ ހުއްދައެއް ލިބިފައެއް ނުވެ އެވެ.

ޑައިވަރުން މަރުވި ސަބަބެއްކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން ނެވެ.

ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

މި ހާދިސާގެ ތަހުގީގު ރާއްޖެއާއި އިޓަލީގެ ސަރުކާރުން ކުރިއަށްގެންދާއިރު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި އިޓަލީގެ ޕްރޮސެކިއުޓަރުން ދަނީ އިހުމާލުން މީހަކު މަރުވުމުގެ ތަހުގީގެއްވެސް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަށް އަކީ އާދައިގެ ޑައިވަރުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް ޑޭންގެ ޓީމުން އިލްތިމާސްކޮށްފައި ވެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް