ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ބަންދަރު އައްބާސް ކައިރިއަށް އެމެރިކާ ސިފައިން އަނެއްކާވެސް ބޮންއަޅައިފި

STO_Ads
TTH_Ads
Advertisement

އެމެރިކާގެ އުދުވާނީ ބާރުތަކުން އަނެއްކާވެސް އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގެ ބަންދަރު އައްބާސްގައި ހުރި އަސްކަރީ ސައިޓަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ ސެކްޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހަމަލާދިނީ އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް އީރާނުން ހަތަރު ޑްރޯން އުދުއްސާލުމުން ކަމަށެވެ. އަދި ވައިގެ ހަމަލާދިނީ ޑްރޯންތައް އުދުއްސާލި ތަނަށް ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އީރާނުން ފޮނުވާލި ހަތަރު ޑްރޯންވެސް އެމެރިކާ ސިފައިން ހަމަލާދީ  ވައްޓާލި ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް، އީރާނުގެ އަސްކަރިއްޔާގެ ޚަބަރުތައް ގެނެސްދޭ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށާއި، އީރާނު އަސްކަރިއްޔާއިން އެކަން ބަލަމުންދާ ކަމަށެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާދިން ސަރަހައްދުން ބާރުގަދަ އަޑުފަށްގަނޑުތަކާއެކު ބޯދުން އަރަމުންދާ މަންޒަރު ފެންނަ ކަމަށް މުރާސިލުން ބުނެއެވެ.

އީރާނަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު އެމެރިކާގެ ސީބީއެސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމެރިކާ ސިފައިން ދިނީ ދިފާއީ ހަމަލާތަކެއް ކަމަށާއި، ވައިގެ ހަމަލާ ދިން ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން ދެމިއޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތްނަމަވެސް، އެމެރިކާގެ މަނަވަރުތަކަށާއި، އެމެރިކާ ސިފައިންނަށް ނުރައްކާ “އޮތްކަމަށް” ބަލައި އީރާނަށް ދޭތެރެ ދޭތެރެއިން ގެންދަނީ އެއްބަސްވުމާ ޚިލާފްވެ ވައިގެ ހަމަލާތައް ދެމުންނެވެ.

ކުރިން ފަހަރުތަކުގައިވެސް އެމެރިކާއިން ބަންދަރު އައްބާސް ކަރިއަށް ބޮންއެޅީ އީރާނުން ހަމަލާއެއް ދީގެނެއް ނޫނެވެ.

މިފަހަރުވެސް އީރާނުން އެމެރިކާ ސިފައިންނާއި  މަނަވަރުތަކަށް ނުރައްކާވާގޮތަށް ޑްރޯންތައް އުދުއްސާލީ ކަމަށް ބުނި ނަމަވެސް، އީރާނުން އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ނުބުނެއެވެ.

އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން އެމެރިކާ ސިފައިންނަށް އެތައް ޑްރޯން ހަމަލާތަކެއް ދެމުންގެންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނިނަމަވެސް އެކަން އަދި ކަށަވަރެއް ނުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި