ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުންވެ، ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބާޖަކުން ޖެހި ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދު ބޭނުންކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު މަނާކޮށްފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޖެޓީއާ ކައިރިކުރަން އުޅުނު ބާޖެއް ކޮންޓްރޯލުން ނެއްޓި ޖެޓީގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގެ ސަބަބުން ޖެޓީގެ ބޮޑު ބަޔަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޖެޓީގެ މިހާރުގެ ހާލަތަށް ބަލައި އެތަން ބޭނުންކުރުމަކީ އާންމުންގެ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ، އެ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ ލިބިފައިވާ ގެއްލުންތަކުގެ ފުރިހަމަ އެސެސްމަންޓެއް ހެދުމަށްފަހު، މަރާމާތުގެ މަސައްކަތް ނިމި، އާންމުންނަށް ބޭނުންކުރެވޭ ފަދަ ރައްކާތެރި ހާލަތަކަށް ގެނައުމުން ނޫނީ އެތަން އަލުން ނުހުޅުވާނެ ކަމަށެވެ.

HajjCop_ads
Advertisement

ހުޅުމާލޭ ލަކުޑި ޖެޓީއަކީ ސަފާރީތަކަށް ދާ މީހުންނާއި ހުޅުމާލޭ ބަނދަރުން ފުރާ މީހުން އާންމުކޮށް ބޭނުންކުރާ މުހިންމު ތަނެކެވެ. އެހެންކަމުން، މި ޖެޓީ ބަންދުކުރުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކަށް ވަގުތީ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންނަމަވެސް، ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި