ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢަލީ ޒުބައިރު އަވަހާރުވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

Big qS1T9I5FTIci8pQb9b54FbVvR
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައި، އަދި ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ ޢަލީ ޒުބައިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަޤާމުގައި ހުންނެވި، ޢަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަމަށެވެ.

އެކުގައި މަސައްކަތްކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުވެސް ފެނިވަޑައިގެންނެވީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާކަމަށާއި، ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ވަނީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.

އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވައި ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOEX3Dmb0AEMgoB

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް

DSC

ދެން ތަރައްޤީކުރަން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދުގެ ސަރަހައްދު: ރައީސް

DSC

ހައުސިން މަޝްރޫޢުތައް 2028ގެ މެދުތެރެއަށް ނިމޭނެ: ރައީސް

462387 b980e7e3 f

ޕޭޕަލް ތަޢާރަފްވުމާއެކު މަސްނޫއީ ހުރަސްތަކުގެ ޒަމާން ނިމުމަކަށް ގެނެވުނީ: ރައީސް