ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

Io
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މާލޭގައި އަޅަން ހަމަޖެހިފައިވާ އާ ވެޓް މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ފެށުން ލަސްވަނީ، އެ މަޝްރޫއަށް ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލުން މިނިސްޓްރީއާ ހަވާލުނުކުރުމުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މި މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކޮށްދިނުމަށް އެދި މިނިސްޓްރީން ތަކުރާރުކޮށް މާލޭ ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން، ފުރަތަމަ ސިޓީ 29 މާރިޗު 2026 ގައި ފޮނުވި އިރު، ކޮންޓްރެކްޓަރު މަސައްކަތް ފެށުމަށްޓަކައި 11 އޭޕްރީލު 2026 ގައި ސައިޓަށް ވަނުމުގެ ހުއްދައަށް އެދިފައިވެއެވެ. އޭގެ ފަހުން 12 އޭޕްރީލު 2026 ގައި 18 އޭޕްރީލުގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދި ދެވަނަ ސިޓީއެއް ފޮނުވިއެވެ. ނަމަވެސް، 30 އޭޕްރީލު 2026 ގައި މާލޭގެ މޭޔަރު ދެއްވި ޖަވާބުގައި، ބިން ހަވާލުކުރުމުގެ ކުރިން މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު، 3 މޭ 2026 ގައި ތިންވަނަ ފަހަރަށް އަދި 18 މޭ 2026 ގައި ހަތަރުވަނަ ފަހަރަށް ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ސިޓީ ފޮނުވާފައިވެއެވެ. އެންމެ ފަހުން ފޮނުވި ސިޓީގައި، މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބިން ހަވާލުކުރުމަށް ވަނީ އެދިފައެވެ.

މި މަޝްރޫއުގެ ހުރިހާ އިދާރީ އަދި މާލީ އިންތިޒާމުތައް މިހާރު ނިމިފައިވާއިރު، ކޮންޓްރެކްޓަރު މަސައްކަތް ފެށުމަށް ތައްޔާރަށް އޮތް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކުރިން 126 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއުގެ އަގު، މިހާރު 116،999،624.94 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ. މި އިމާރާތަކީ 6 ފަންގިފިލާގެ ވެޓް މާރުކޭޓެކެވެ. މީގެ ތެރޭގައި ބޭސްމަންޓު ޕާކިން އޭރިއާއަކާއި، ގްރައުންޑު ފްލޯގައި މަސް މާރުކޭޓެއް އަދި ފުރަތަމަ 3 ފަންގިފިލާގައި ތަރުކާރީއާއި މޭވާ މާރުކޭޓެއް ހިމެނެއެވެ. މީގެ އިތުރުން 4 ވަނަ ފަންގިފިލާގައި ފުޑް ކޯޓެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 85،000 އަކަފޫޓުގެ މި އިމާރާތް 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ހަރަދުތައް ފައިސާ އަނބުރާ ދެއްކުމުގެ ސްޓްރަކްޗާ ހަމަޖެހިފައިވަނީ 50 މަސް ދުވަހުގެ މުއްދަތަކަށެވެ.

HajjCop_ads
Advertisement

މަޝްރޫއު ފެށުން ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫއުގެ އަގު އުފުލި، އާންމު ރައްޔިތުންނަށް މާރުކޭޓުގެ ހިދުމަތްތައް ލިބުން ލަސްވެގެންދާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި މަސައްކަތް ފަށައި ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

މާލޭގައި 4 ޕޭ ޓޮއިލެޓް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Big xQacdkBfak1uoCNYvHlLxmiPi

ޕޭ ޓޮއިލެޓުތައް ވިޔަފާރި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ

Shujaau

މާލޭގެ ވެޓް މާކެޓް ތަރައްގީކުރަން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި