ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

TTH_Ads
STO_Ads
Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި އެވެ.

ޔޫސުފް ވަހީދު މަގާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީސީބީން ބުނީ، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށެވެ.

ޔޫސުފް ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފަ އެވެ.

HajjCop_ads
MMA_Ads
Advertisement

އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް، ޔޫސުފް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެޗްޑީސީގެ ބޯޑާ ގުޅެގޮތުން 2024 ވަނަ އަހަރު ހިންގި ތަހުގީގެއްގައި، އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުއާއި ޔޫސުފް ވަހީދު ހިމެނޭހެން ބޯޑުގެ ހުރިހާ މެމްބަރުން ވަގުތީ ގޮތުން ސަސްޕެންޑް ކުރެވުނެވެ. އެހެންނަމަވެސް، ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ސަސްޕެންޝަން އުވާލާފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ބައެއް މަގާމުތަކަށް ބަދަލުގެންނަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ކުރިއަށް ގެންގޮސްފި

hulhumale

ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން، ހުޅުމާލޭގައި ރުއް އިންދުމުގެ ހަރަކާތެއް ބާއްވަނީ

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ

Io

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުންވެ، ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި