ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ.މީދޫ ރައީސްގެ ގޮނޑީގެ ނަތީޖާ އެއްވަރުވެފައިވާކަމަަށް ކަނޑައަޅައިފި

election
TTH_Ads
STO_Ads
Advertisement

މިދިޔަ އެޕްރީލްމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ، އިތުރު ވޯޓެއް ސަައްހަކަމަށް ހުކުމްކޮށް އެ ދާއިރާގެ ނަތީޖާ އަލުން އިޢުލާންކުރަން ހައި ކޯޓުން އަންގަވައިފިއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީއާއި އެމްޑީއޭއިން ވަނީ ވާދަކޮށްފައެވެ. އެގޮތުން އެންމެ ވޯޓެއްގެ ތަފާތުން އެ މަޤާމަށް އިންތިޚާބުވީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

އެހެންނަމަވެސް އެ ނަތީޖާ އިއުލާންކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލް ކުރުމަށްފަހު ބުނެ، އެ ނިންމުން ބަދަލު ކުރަން ސުހާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން އެއް ވޯޓު ކަރުދާސް ބާތިލް ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ ހެޔޮ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވާތީއެވެ.

HajjCop_ads
Advertisement

މި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެ ފާހަގައިގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ކުރެހުމެއް ވޯޓު ކަރުދާހުގައި ނެތް ކަމަށް ބަޔާންކޮށްފައެވެ. އެހެންކަމުން ވޯޓުލީ ފަރާތުން ހިޔާރުކޮށްފައިވާ ކެންޑިޑޭޓަކީ ކޮބައިކަން ސާފުކޮށް އެނގޭ ކަމަށާއި، އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ދެވަނައަށް ބާތިލް ކަމަށް ކަނޑައަޅާފައިވާ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ވާކަމަށާއި އެހެންކަމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ހުކުމުގައިވަނީ ފާހަގަކޮށްފައެވެ. ހައި ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުން ބާތިލް ކަމަށް ކަނޑައަޅާފައިވާ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލައިގެން ނަތީޖާ އަލުން އިޢުލާން ކުރަން އަންގާފައެވެ. އެހެންކަމުން މި ހުކުމާއެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވާނެއެވެ. އެއީ 392 ވޯޓެވެ.

މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މިފަދަ އިތުރު ކޯޓު ކޭސްތަކެއް އެބަ ހުރިކަަމަށާއި ކޮމިޝަނުން އެކަމަށް އެއްޗެއް ބުނާނީ ހުރިހާ ކޯޓު ކޭސްތަކެއް ނިމުނީމަކަށެވެ.

މިއީ ކައުންސިލް އިންތިޚާބާ ގުޅިގެން ހައި ކޯޓުން ކުރި ދެވަނަ ހުކުމެވެ. މ. ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ކުރި ހުކުމާއެކު ވެސް އެ ދާއިރާގެ ނަތީޖާއަށް ވަނީ ބަދަލު އައިސްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިތުރު ބުރުގެ ވޯޓުލުން އަންނަ މަހު 13ގައި

election

ތިމަރަފުށީގެ ވޯޓު ފޮށި އަލުން ގުނުމަށް ސެކިއުރިޓީ އުރަތައް މިއަދު ކަނޑަނީ

election

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

election

ތިމަރަފުށީ ކައުންސިލް އިންތިޚާބު އަލުން ބޭއްވުމަށް އެދި ހައިކޯޓަށް