ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިމަރަފުށީގެ ވޯޓު ފޮށި އަލުން ގުނުމަށް ސެކިއުރިޓީ އުރަތައް މިއަދު ކަނޑަނީ

election
STO_Ads
Maldivian_Ads
TTH_Ads
Advertisement

ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ތިމަރަފުށީ ދާއިރާގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް ހައިކޯޓުން ކުރި އަމުރާ ގުޅިގެން، އެ ފޮށީގެ ސެކިއުރިޓީ އުރަތައް މިއަދު ކަނޑަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ތިމަރަފުށީ ދާއިރާގެ NT.2/480 ވޯޓު ފޮށީގެ ސެކިއުރިޓީ އުރަތައް ކެނޑުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދު ހަވީރު 16:00 ގައެވެ. މި މަސައްކަތް ކުރިއަށްދާނީ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު، ތޮއިބާ މިސްކިތް ކައިރި) ގައެވެ.

ހައިކޯޓުން މިގޮތަށް އަމުރުކުރީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބެލުމަށްފަހުގައެވެ. އިމާދުގެ ފަރާތުން އެދިފައިވަނީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް ނުވަތަ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮށި އަލުން ގުނައިދިނުމަށެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އިސްފަނޑިޔާރު އަބްދުالله ޖަމީލް މުހައްމަދު، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ، އިންތިޚާބު ބާތިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، ވޯޓުލީ މަރުކަޒުގައި ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާއާއި އީސީގެ ވެބްސައިޓުގައިވާ ނަތީޖާއާ ދެމެދު ފަރަގުތަކެއް ހުރުމާއި، ކެންޑިޑޭޓުންނަށް އެންގުމަކާ ނުލައި ނަތީޖާ ޝީޓަށް ބަދަލުތަކެއް ގެނެސްފައިވާތީ، ވޯޓު އަލުން ގުނުމަށް ވަނީ އަމުރުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 173329248819u3kv

ޕީއެންއެފްގެ މެންބަރުން ނޭނގި ވަކިކުރާ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި

PNF

ޕީއެންއެފްގެ މެންބަރުންގެ މައުލޫމާތު ވަގަށް ނަގާކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހަޅައިފި

Image 870x 6a67778e1fa79

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ