ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ!

STO_Ads
TTH_Ads
Advertisement

ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 14 މޭ 2026ގެ ރޭގަނޑު 11:59 އެވެ.

އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުމެވެ. އެގޮތުން މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެންނެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމާއި ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ “ސުވެނިއަރ” ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމެވެ. މި މުބާރާތުގައި ސްވެނިއަރގެ ގޮތުގައި ޑިޒައިން ކުރާނީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެކެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެއެވެ.

މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެއެވެ.

MMA_Ads
HajjCop_ads
Advertisement

މިއީ ދިވެހީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެއެވެ.

މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު ސްވެނިއަރ ޑިޒައިންކުރުމުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއަރ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު[email protected] އަށް އީމެއިލް ކުރަންވާނެއެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބޭނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ އިން ބޭންކްތަކަށް %25 އިތުރަށް ޑޮލަރު ދޫކުރަނީ

mma

ފައިނޭންޝަލް އެކްސްޕޯ: މާލީ ދާއިރާގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު

MMA

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން އައި.އެމް.އެފް އިން ފާހަގަކޮށްފި

mma

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި